ދުނިޔެ

މީގެ 31 އަހަރު ކުރިން "މަރާލި" ދަރިވަރަކު ދިރިހުއްޓާ ފެނިއްޖެ

Sep 28, 2015

ޖަރުމަނުގެ އަންހެނެއް ކަމައްވާ ޕެޓްރާ ޕަޒިތްކާ އަށްޑިހައިގެ ކުރީ ކޮޅު ގެއްލުނެވެ. އަދި އޭނާ އުޅުނު ސަރަހައްދުގައި ޒުވާން ކުއްޖަކު މަރާލުމުގެ ކުށް ސާބިތުވެފައިވާ މީހަކު ޕެޓްރާ ވެސް މަރާލި ކަމަށް އެއްބަސް ވިއެވެ. އެހެން ކަމުން ޕެޓްރާ އޭރު ހަމައެކަނި ގެއްލުނީ އެއްވެސް ނޫނެވެ. ސީރިއަލް ކިލާ އެއް އޭނާ "މަރާލީއެވެ".

އޭގެ އެއްތިރީސް އަހަރު ފަހުން އެހެން މައްސަލައެއްގެ ތަހުގީގުގައި ފުލުހުންނާ ދިމާވީ އައިޑީ ކާޑެއް ނެތް 55 އަހަރުގެ އަންހެނަކާއެވެ. އެމީހާ ކިޔާދިނުމުން ފުލުހުންނަށް އެނގުނީ އޭނާ ދިރިއުޅެމުން ދަނީ އެހެން ނަމެއްގައި ކަމާއި މި މީހާއަކީ މީގެ 31 އަހަރު ކުރިން މަރުވެފައިވާ ކަމަށް ނިންމާފައިވާ ޕެޓްރާ ޕަޒިތްކާ ކަމެވެ.

ގެއްލުނު އިރު ޕެޓްރާ ގެ އުމުރަކީ 24 އަހަރެވެ. އޭނާ އަކީ ކޮމްޕިއުޓަރު ސައިންސް ކިޔަވަމުން ދިޔަ ދަރިވަރެކެވެ. އޭރު އޭނާ އުޅެމުންދިޔައީ ކިޔަވާ ކުދިން އުޅޭ ކޮންޑޯ އެއްގައެވެ.

ހޯދުނު ފަހުން ޕެޓްރާއާއި ވާހަކަ ދެއްކި މީހަކު ބުނީ މުޖްތަމައަށް ގެއްލި ފިލައިގެން އުޅެން ޕެޓްރާ ނިންމި ސަބަބާ ބެހޭ ގޮތުން ވާހަކަ ދައްކަން އެނާ ބޭނުން ނުވާ ކަމަށެވެ.  

އޭރު "ގެއްލުނީ" އަމިއްލައަށް ބޭނުން ވެގެން އެކަމަށް ވަރަށް ތައްޔާރު ވެގެން ކަމަށް އޭނާ ބުނެއެވެ.  ޕެޓްރާ މިހާރު ވެސް ބޭނުން ވަނީ އެހެން މީހުންނަށް އޭނާ ނޭންގި "ގެއްލިފައި" ހުންނާށެވެ.