ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް-19: ދެ މީހަކު ވެންޓިލޭޓަރުގައި

ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 2،187 އަށް އަރާފައެވެ. ނަމަވެސް ބަލި ޖެހުނު ގިނަ މީހުން މިހާރު ވަނީ ރަނގަޅުވެފައެވެ. މިވަގުތު ރަނގަޅުނުވެ ތިބީ 389 މީހުންނެވެ.

އޭގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ ފަސް މީހުންނަށެވެ. އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ ދެމުންދަނީ ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އަނެއް މީހާއަށް ފަރުވާ ދެނީ ހުޅުމާލޭގައި ގާއިމްކޮށްފައިވާ މެޑިކަލް ފެސިލިޓީގައެވެ.

އަފްޒަލް ވިދާޅުވީ ޓްރީޓޮޕްގައި ވެންޓިލޭޓަރުގައި އޮތީ އުމުރުން 77 އަހަރުގެ އަންހެނެއް ކަމަށެވެ. އެއީ ދިވެއްސެކެވެ. އެއީ ކޭސް ނަންބަރު 2063 ކެވެ.

ހުޅުމާލެ މެޑިކަލް ހޮސްޕިޓަލްގައި ވެންޓިލޭޓަރުގައި ވަނީ އުމުރުން 43 އަހަރުގެ ފިލިޕީސް މީހެކެވެ. އެއީ ފިރިހެނެކެވެ.