ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ރިސޯޓްތަކުގެ ބިމު ކުއްޔާއި ޓީޖީއެސްޓީ ބޮޑުތަނުން ދަށަށް

ރާއްޖޭގެ ރިސޯޓެއް: ރިސޯޓުތަކުގެ ބިމު ކުލީގެ އާމްދަނީ ވަނީ ވަރަށް ބޮޑުތަނުން ދަށްވެފައި -- ފޮޓޯ: އަވަސް އާކައިވް
0%
100%
0%

ރިސޯޓުތަކުގެ ބިމު ކުއްޔާއި ޓޫރިޒަމް ދާއިރާ އިން ނަގާ، ޓޫރިޒަމް ޖީއެސްޓީ (ޓީޖީއެސްޓީ) ވަރަށް ބޮޑުތަނުން ދައްވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ހަފުތާގެ މާލީ ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 1.6 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް އައިރު މި ދާއިރާ އިން އާމްދަނީގެ ގޮތުގައި ދައުލަތަށް ތިން ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ޓީޖީއެސްޓީގެ ގޮތުގައި މި އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ ފަސް ބިލިއަން ރުފިޔާ އެވެ.

ޓީޖީއެސްޓީގެ އިތުރުން ޓޫރިޒަމަށް ކުއްޔަށް ދީފައިވާ ރަށްތަކުން ނަގާ ކުލީގެ އާމްދަނީ ވެސް ވަނީ ދަށްވެފަ އެވެ. ރިސޯޓު ތަކުން ރެންޓުގެ ގޮތުގައި މިހާތަނަށް ލިބުނީ 345 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު މި ދާއިރާ އިން އާމްދަނީގެ ގޮތުގައި 481 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ރިސޯޓު ތަކުން މި އަހަރު ލިބޭނެ ކަމަށް ކުރިން އަންދާޒާކޮށްފައި އޮތީ 1.7 ބިލިއަން ރުފިޔާ އެވެ.

ރިސޯޓު ބިމު ކުއްޔާއި ޓީޖީއެސްޓީގެ އިތުރުން ގްރީން ޓެކްސްގެ އާމްދަނީ ވެސް ވަނީ ދަށްވެފަ އެވެ. ގްރީން ޓެކުހުން މި އަހަރުގެ މިހާތަނަށް ލިބިފައިވަނީ 282 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު މި ޓެކުހުގެ ގޮތުގައި 410 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ގްރީން ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 970 މިލިއަން ރުފިޔާ އެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓް، ސަފާރީ އަދި ފަދަ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ ބޮލަށް ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކަށް އަންނަ މީހުންގެ ބޮލަށް ތިން ޑޮލަރެވެ.

ރިސޯޓުތަކުގެ ބިމު ކުލި މަދުވެފައިވާއިރު ކޮވިޑް-19 ގެ ސަބަބުން ރިސޯޓުތަކަށް ލިބޭ އާމްދަނީ މަދުވެފައިވާތީ، ސަރުކާރުން ވަނީ ރިސޯޓުތަކުގެ ކުލި ފަސްކޮށްދީފަ އެވެ.

ޓޫރިޒަމް ދާއިރާއާ ގުޅުންހުރި އާމްދަނީ ދަށްވެފައިވާއިރު، މި އަހަރު ރާއްޖޭގެ ޖުމްލަ އާމްދަނީ ބޮޑުތަނުން ދަށްވާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. ސަރުކާރުން ބުނެފައިވަނީ މި އަހަރު އާންދަނީގެ ގޮތުގައި ލިބޭނީ 15 ބިލިއަން ރުފިޔާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
December
SunMonTueWedThuFriSat
123456789101112131415161718192021222324252627282930311234567891011