ތިމާވެށި

ނީލަމުގައި "އުފުލި3" ވިއްކާލައިފި

Jun 21, 2020
5

ކުނި މެނޭޖް ކުރުމަށް ކުނި އުފުލަން ބޭނުން ކުރަމުން އައި އުޅަނދުތަކުގެ ތެރޭގައި ހިމެނޭ "އުފުލި3" ސަރުކާރުން ވިއްކާލައިފި އެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީން ބުނީ "އުފުލި ތިނެއް" ވިއްކާލީ ނީލަމުގައި ކަމަށާއި މި މަހުގެ 10 ވަނަ ދުވަހު ނީލަން ހުޅުވާލުމުން މިއަދުގެ މެންދުރު ފަހަށް ނީލަން ނިމުނު އިރު އެންމެ މަތީ އަގެއްގެ ގޮތުގައި 127,513.87ރ. ހުށަހަޅައިގެން އުފުލީގެ ނީލަން ކާމިޔާބު ކުރީ އަލްމާކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކަމަށެވެ.

އަލްމާކް މޯލްޑިވްސް އަކީ އޯގަސްޓް 17، 2017 ގައި ޖީއެސްޓީ އާއި އެއާގުޅޭ ބޮޑު ޖޫރިމަނާއެއް ކޮށްފައިވާ ކުންފުންޏެކެވެ.