ކުރިމިނަލް ކޯޓުގެ ޝަރީއަތްތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ. ޝަރީއަތްތައް މެދުކަނޑާލީ ކޯޓުގެ އިމާރާތް ޑިސްއިންފެކްޓް ކުރުމަށްޓަކައި އެވެ.
ކުރިމިނަލް ކޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފަ އެވެ. އެ މުވައްޒަފާ ކޮންޓެކްޓްވެފައިވާ އެހެން މުވައްޒަފުން ވެސް މިހާރު ވަނީ ފާހަގަކޮށްފަ އެވެ.
ކޯޓުން ބުނީ މިއަދާއި މާދަމާގެ އަޑުއެހުންތައް މެދުކަނޑާލާފައިވީ ނަމަވެސް ބަންދާމެދު ގޮތް ނިންމުމުގެ އަޑުއެހުންތައް ގާޒީން ގޭގައި ތިއްބަވައިގެން އޮންލައިންކޮށް ކުރިއަށް ގެންދާނެ އެވެ.
މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފެއް ޕޮޒިޓިވްވެގެން އެތަން ވެސް ޑިސްއިންފެކްޓްކޮށްފަ އެވެ.