މާލޭ ޖަލުގެ އޮފިސަރުންނާއި ގައިދީން ކޮވިޑް-19އަށް ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މާލޭ ޖަލުގެ އީއެސްޖީ އޮފިސަރަކު ވަނީ ކޮވިޑް-19އަށް އިއްޔެ ޕޮޒިޓިވްވެފަ އެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވީ ޓެސްޓް ކުރުމަށް އޮފިސަރުންނާއި ގައިދީންގެ ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު އެޗްޕީއޭއިން ކުރަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެންމެ ރައްކާތެރިކަމާއި ސަލާމަތަށް އަޅަން ޖެހޭ ފިޔަވަޅުތައް ޖަލުގައި މިހާރު ދަނީ އަޅަމުންނެވެ.
މީގެކުރިން ވެސް މާލޭ ޖަލުގައި ރެންޑަމްކޮށް ކޮވިޑް-19އަށް ޓެސްޓް ކޮށްފައިވެ އެވެ. ނަމަވެސް އޭރު ހުރިހާ ޓެސްޓެއްގެ ނަތީޖާ ވެސްވީ ނެގެޓިވް އެވެ.