ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މައިމޫނާ އަބޫބަކުރު

މައިމޫނާ ހާޒިރުކޮށް ފިޔަވަޅު އަޅަން ގޮވާލައިފި

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު: އެ ކަމަނާއަށް ފިޔަވަޅު އަޅަން ޖާބިރު ގޮވާލެއްވި
12.5%
0%
87.5%

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު، ރައްޔިތުންގެ މަޖިލިހަށް ހާޒިރުކޮށް އެކަމަނާ ޖަވާބުދާރީ ކުރުވައި ފިޔަވަޅު އަޅަން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފި އެވެ.

ރާއްޖެ އަލުން ޓޫރިޒަމަށް ހުޅުވާލުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ޑީއާރުޕީގެ ލީޑަރު، ޖާބިރު ވިދާޅުވީ ރާއްޖެ ލޮކްޑައުން ކުރީ ބަލަން ޖެހޭ މިންގަނޑުތަކަށް ބެލުމަށް ފަހުގައި ނޫން ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ މުޅި އިގްތިސޯދަށް އަސަރު ކޮށްފައިވާ ކަމަށެވެ.

ޖާބިރު ވިދާޅުވީ، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ދީފައިވާ ބާރަކީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރަށް ވުރެ ވެސް ބޮޑު ބާރެއް ކަމަށެވެ. އެހެން ކަމުން އެ ބާރުގެ ބޭނުންކޮށް ކުރި ކަންކަން ކުށްވެރި ކުރައްވާ ކަމަށެވެ.

"ހެލްތު ޕްރޮޓެކްޝަން އެޖެންސީއޭ ކިޔައި ތަނެއް އުފައްދައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ވެސް ލިބިފައި ނުވާ މިންވަރަށް ގާނޫނަކުން އެ ތަނުގެ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ދިނުމުން، މައިމޫނާ ކުރައްވަމުންދާ ކަންކަން ކުށްވެރިކުރަން! އަދި މަޖިލީހަށް ހާޒިރުކޮށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަށް ގޮވާލަން!" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު އެހެން ވިދާޅުވި ނަމަވެސް، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކޮށް، ލޮކްޑައުން ކޮށްފައި އޮތުމުން މުޅި ދުނިޔޭގެ އިގްތިސޯދު ހުއްޓުމަކަށް އައިސްފައިވެ އެވެ. އޭގެ ސަބަބުން ރާއްޖޭގެ އިތުރުން ގިނަ ގައުމުތަކުގެ އިގްތިސޯދު ދަށްވެފައިވެ އެވެ.

16 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޞަރީ

ތަނެއް ދޮރެއް ނޭގުނަސް ވާނެ މޮޅު ވާހަކަދައްކަން. ދުނިޔޭގެ ކުރިއަރާފައިހުރި ގައުމުތަކުގައި މި ބަލި ފެތުރެމުން ދިޔައިރު ކަންތައްވެގެން ދިޔަގޮތް ބަލާލިންތަ؟ ކިތައް މީހުން މިބަލީގައި އާއިލާއާ ބައްދަލުނުވެ މަރުވެގެން ގޮއްސިތަ!އަދި މިރާއްޖޭގައިވެސް މިބަލީގައި ބަޔަކު ދުނިޔެ ދޫކޮށް ގޮއްސި. ބަލި ޖެހުނީމަ ކަންތައް ކުރަންވީ ގޮތް އެނގޭނީ އެކަމާއި ބެހޭ ތަޢުލީމު އުނގެނިގެން ތިބި ބަޔަކަށް. ތިމީހުންނަށް މިބަލި ޖެހި ނޫނީ ތިމީހުންގެ އާއިލާ މީހަކަށް ބަލިޖެހުނީމަވެސް ތިޔަގޮތަށް އަނގަތަޅާނެ ބާ! މިސްކިތް ނުހުޅުވައިގެން ބަޔަކު ވަރަށް އެބަވާހަކަދައްކާ! މިސްކިތް ހުޅުވާފައިހުރި މިހުރިހާ ދުވަސްވީ އިރު ފަތިސްނަމާދުގައި ބައެއްމިސްކިތުގައި ދެސަފު ހަމައެއްނުވޭ..

ޭައަލީ ސޮރު

ފިޔަވަޅު އަޅަންވީ ޖާބިރަށް މައިމޫނާއަކަށެަް ނޫން.

އަރީ

ޖާނިރުބުންޏަކަސް ރަނގަޅުވާހަކައެއް ، މައިމޫނާމެން ކިޔާއެއްޗެއް ދިމަލެއްނުވޭ ، ހެދޭ ނެހެދެއެއް ނޭންގެ.. މައިމޫނާމެން މިމާލޭގަ ހުކުރު ކުރުން ހުއްޓުވާފަ ސަރުކާރު ކޮއްތުކައިގެން ހުއްޓަސް އަޅުގަނޑުމެނަށް ގޭކުލި ދައްކާ ބިލްދައްކާ ކައިބޮއެ އުޅެންފައިސާ ގޭގަ ތިއްބަސް ސަރުކާރަކުން ނުދޭ

މޫސް

ޖާބެ ހޮނޑާފުށި ގޮނޑުދަށުގަ އަނގަވަތައް ވެއްޓިފަ އޮތްމައްސަލަ ރަގަޅަށް ބެލިނަމަ އެތާ ބޭކާރު އަނަގަތަޅަން ހުރެވޭނެބާ އެމައްސަލަ ބަލާފަ ޖަލައްލާންވީނު

އެދުރުބޭ

ޖަހާބެރު ދިޔާނާ ހައްޔަރުކޮއްގެން އަދަބުދީބަލަ މީހަކު ރަނގަޅުކަމެއް ކޮށްދިނަސް ޝުކުރުވެރިވާން ނޭންގޭ ގަމަރޫޒު😄😄

ބުރިޖު

ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާބާރަށްވުރެ ވަރުގަދަބާރެއް ތިމީހަކަށްދޭން ޤާނޫނުހެދީ އޭނާހެއްޔެވެ؟ ތިހުންނެވީ ހަމަހޭގަތޯއެވެ؟ ތިވާހަކަދައްކަންވީ މިއަދުތޯއެވެ؟ މިސުވާލުތަކަށް ޖަވާބުދެއްވަބައްލަވާށެވެ. އަޅާފައިވާ ފިޔަވަޅުތައް އަޅާފައިވަނީ ފުރިހަމައަށްކަމުގައި ނުވެދާނެއެވެ. އެކަމާއި ސުވާލުކުރެވިދާނެއެވެ. އެކަމަކު ޤާނޫނުން ލިބިދީފައިވާބާރަކީ، އޭނާއެދި، އާދޭސްކޮށް ބުނެކިޔައިގެން ދީފައިވާ ބާރެއްނޫނެވެ. އެވާހަކަދެއްކީމަ ތިބޭލެނީ ސޯޓެވެ. ތިސާބިތުކޮށްދެއްވަނީ، މެންބަރަކު ވިސްނަންވީވަރަށް ޤާނޫނާއިމެދު ދުވަހަކުވެސް ވިސްނައި، އެފޮތް އެއްކޮށް ކިޔައި، މުތާލިޢާކޮށްފައިނެތްކަމެވެ! ޙައިރާންވެއްޖެއެވެ.

ޙާނިމް

ނަސީދު އެހެން ހަޅޭއްލަވަނިކޮށް މައިމޫނާ މާދުރުން އައިސް ބާރުގެ ބޭނުންކުރީ. ނަޝީދު ހަމަ ޖޭވަނީ. ޢީވާ އަށް ވެސް ހުންނާނީ ރާކަނިމަސް ކެވިފައި

ޗަކޮއި

ކަންކަންނުވީމާ އެހެންމީހުންގެބޮލުގައި އެޅުވުމާއި ކުރީސަރުކާރުގެ ބޮލުގައި އަޅުވާ މީހުންނާމެދު ފިޔަވަޅުއަޅަން ވެސް ގޮވާލާތި!

ހެޕީޖާބެ

ހެލްތު ޕްރޮޓެކްޝަން އެޖެންސީއަކީ ކުރިންވެސް އޮންނަތަނެއްކަމާ، އެތަނުގެ ވެރިޔާއަށް މިބާރުތައް ލިބޭކަން ނޭނގޭ ބުރާންތީން މަޖިލީހަށް ހޮވުނީމާ ވާނޭ ހަމަ ތިޔަހެން! ބުނާނެ އެއްޗެއްނެތް! މިދިޔަވެރިކަމުގެ ވަކިހިސާބަކުން ފަގީރުވެ އިނދަޖެހިގެނއްދިޔަ ޖާބިރު މިހާރު މިއުޅޭ މުއްސަނދި ގޮތްތަކުން އެބައެނގޭ މީނާއަށް މިހާރު ކިހާވަރެއްގެ ފައިދާއެއްވާކަން، އަދި އޭނާއަށް އަލަށް މިމަގުފަހިވި ލާރިހޯދާ ގޮތްތަކަށް ހުރަސްއެޅޭކޮންމެ ކަމަކަށް އޭނާ ހުރަސްއަޅާނެ! ކެކެ! ދިވެހިންހޭލާކަށް ނުވޭތަ އަދިވެސް ؟؟؟

ެއަމައްޔާއި

މިޖިލިސް މެންރުން މަމޫނާ ބުނާހާ ގޮތެއް ނުހަދާނެ. އެއީ ތިންބާރުން ކުރެ އެއްބާރު. މައިމޫނާއަކީ ބައިކުޅަބައި. ދެނޯ. މައިމޫނާގެ ބާރު ހިނގާނޭ ކަމަށް ތިޔަ ދެކެނީ ކީއްވެ. މިއުޅެނީ ރައްޔިތުންގެ ބާރުވެސް އެމަޖިލީހަށް ނުހިނގައިގެން

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345