މޯލްޑިވްސް ޕޮލިސް ސާވިސް

ވައިބާ ގްރޫޕް ހަދައިގެން ހަށިވިއްކަނީ

Jun 22, 2020

ވައިބާ ގްރޫޕެއް ހަދައިގެން ހަށިވިއްކަމުންދިޔަ ބައެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެކަން ބަލަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި ދިވެހި އަންހެނުންނާއި ބިދޭސީ އަންހެނުން ވައިބާ ގްރޫޕަކަށް އެއްކޮށް ބަޔަކު ދަނީ އެ ގުރޫޕް މެދުވެރިކޮށް ހަށި ވިއްކަމުންނެވެ. އަދި އެ ވައިބާ ގްރޫޕްގައި ޖިންސީ އެކިއެކި ވާހަކަތައް ދެއްކުމާއި، އެ ނޫންވެސް އަމަލުތައް ހިންގާ ކަމަށް ވެއެވެ.

ފުލުހުން ބުނީ އެ މައުލޫމާތު ފުލުހުންގެ އިދާރާއަށް ލިބިފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދިނެވެ.

މިފަދަ ބައެއް މައްސަލަތައް ބެލުމުގައި ފުލުހުން ސަމާލުކަން ނުދޭ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން މިފަހުން ފުލުހަށް ދަނީ ވަރަށް ބޮޑަށް އަމާޒުވަމުންނެވެ.