އެސްޓީއޯ

އެސްޓީއޯ ހުޅުމާލެ އައުޓްލެޓް އަލުން ހުޅުވައިފި

Jun 23, 2020

ލޮކްޑައުން ލުއި ކުރުމުން އެސްޓީއޯ ހުޅުމާލެ ފިހާރަ އާއްމުންނަށް ހުޅުވާލައިފި އެވެ.

އެސްޓީއޯއިން މިއަދު ބުނީ، މިއަދުން ފެށިގެން ހުޅުމާލެ އައުޓްލެޓް އަލުން ހުޅުވާފަައިވާ ކަމަށެވެ. ނަމަވެސް ވިިޔަފާރި ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ހިދުމަތް ހޯދަން އިލްތިމާސް ކުރާ ކަމަށެވެ.

އެސްޓީއޯ ހުޅުމާލެ ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށެވެ.

މާލެ ސިޓީ ލޮކްޑައުން ކުރުމާއެކު އެސްޓީއޯއިން ކަސްޓަމަރުންނަށް ހިދުމަތް ދިނީ އީ ސްޓޯރު މެދުވެރިކޮށް އޮންލައިންކޮށް އޯޑަރުތައް ނެގުމަށްފަހު ޑެލިވަރީ ކޮށްދީގެންނެވެ. އެގޮތުން، އެންމެ ފުރަތަމަ އޮންލައިންކޮށް ހިދުމަތް ދިނީ އެސްޓީއޯ ސުޕަމާޓުން ވިއްކާ މުދާ ގަތުމަށެވެ. އެއަށްފަހު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގެ ޕްރޮޑަކްޓުތައް ވެސް އޮންލައިންކޮށް ވިއްކި އެވެ.

އެސްޓީއޯގެ ހުޅުމާލެ އައުޓްލެޓަކީ އެ ސިޓީގެ ގިނަ ބަޔަކު ވިޔަފާރި ކުރާ ފިހާރަ އެކެވެ.