ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

ކޮވިޑް ހޭދަ: 963 މިލިއަން ރުފިޔާއަށް

Jun 24, 2020
1

ކޮވިޑް-19 އިން ރައްކާތެރި ވުމަށްޓަކައި ކުރަން ފަށާފައިވާ މަސައްކަތްތަކަށް 963.6 މިލިއަން ރުފިޔާ ހޭދަ ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައިވާ "ވީކްލީ ކޮވިޑް-19 ސްޕެންޑިން ރިޕޯޓް" ގައިވާ ގޮތުން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް 963.6 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާއިރު، މިއީ މިދިޔަ ހަފުތާއާ ހަމައަށް ކުރި ހޭދައާ އަޅާ ބަލާއިރު 2.2 ޕަސެންޓް އިތުރު ވުމެކެވެ.

ކޮވިޑް-19 ގެ އިން ރައްކާތެރިވުމަށް ކުރަމުންދާ ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރަށެވެ. އެ ސެންޓަރުން ކުރާ މަސައްކަތް ތަކަށް 634.7 މިލިއަން ރުފިޔާ ހޭދަ ކޮށްފައި ވެއެވެ. އަދި މިނިސްޓްރީގެ އޮފް ހެލްތުން ކުރަމުންދާ މަަސައްކަތް ތަކަށް 145.9 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައިވާ ގޮތުން ކޮވިޑް-19 ގެ ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް މިހާތަނަށް ކޮށްފައިވަނީ ސިއްހީ ދާއިރާ އަށް ބޭނުންވާ ސާމާނު ހޯދުމާއި ހިދުމަތްތައް ގާއިމް ކުރުމަށެވެ. ސިއްހީ ސާމާނު އެތެރެ ކުރުމަށް 464.9 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ.

ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 2،187 އަށް އަރާފަ އެވެ. ނަމަވެސް ބަލި ޖެހުނު ގިނަ މީހުން މިހާރު ވަނީ ރަނގަޅުވެފައެވެ. މި ވަގުތު ރަނގަޅުނުވެ ތިބީ 389 މީހުންނެވެ.