ދިވެހި ރާއްޖެ އަލުން ހުޅުވާލުން

"ޑްރީމް ޓް ޓްރެވެލް ފެސްޓިވަލް"ގައި ރާއްޖެ

Jun 25, 2020
2
އެމްއެމްޕީއާރްސީގެ ތޮއްޔިބު މުހައްމަދު
0%
0%
0%

ރާއްޖޭގެ ބޯޑަރު އަންނަ ޖުލައި މަހުގެ ހުޅުވާލުމުގެ ތައްޔާރީތަކާއެކު ރާއްޖެއިން ޕާޓާގެ ވާޗުއަލް "ޑްރީމް ޓް ޓްރެވެލް ފެސްޓިވަލް" ގައި ބައިވެރި ވެއްޖެ އެވެ.

އެމްއެމްޕީއާރްސީން ބުނީ މި މަހުގެ 22 ވަނަ ދުވަހުން ޖުލައި މަހުގެ 17 ވަނަ ދުވަހަށް ކުރިއަށް ގެންދާ އޮންލައިން ފެސްޓިވަލްގައި ބައިވެރިވެ ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވެން ވާއިރަށް އޭޝިއާގެ ގައުމުތަކަށް ރާއްޖެ އިޝްތިހާރު ކުރާނެ ކަމަށެވެ.

މި ފެސްޓިވަލް މެދުވެރިކޮށް މިހާރު ރާއްޖެ އޮތް ހާލަތާއި ރާއްޖެއާބެހޭ ހުރިހާ މައުލޫމާތެއް ފޯރުކޮށް ދޭނެ ކަމަށާއި ފަތުރުވެރިކަމުގެ ތަޖުރިބާކާރު ބޭފުޅުންނާއި ބައްދަލުކޮށް އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިކަން ދައްކުވައިދޭނެ ކަމަށް ވެސް ބުންޏެވެ.

ތޮއްޔިބު މުހައްމަދު މެނޭޖިން ޑިރެކްޓަރުކަން ކުރައްވާ އެމްއެމްޕީއާރްސީ ކޮވިޑް-19 އާއެކު މިދިއަ ދުވަސްތަކުގައި އަދި މިދިއަ އަހަރެއްހާ ދުވަހު ވެސް ރާއްޖެ އިސްތިހާރު ކުރުމަށް މާ ބޮޑު ދައުރެއް އަދާކޮށްފައި ނުވާ ކަމަށް ދާއިރާގެ ބައެއް ވިޔަފާރިވެރިން ބުނެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345