މި ބޯޓު ބަންޑުންވާން ދިމާވީ އިންޖީނު ހުއްޓުމުގެ ސަބަބުން ކޯރުގެ އޮއިވަރުގައި ޖެހި ކޮންޓްރޯލުން ނައްޓައިގެން ގޮސް ބްރިޖެއްގައި ޖެހިފައެވެ. މި ހާދިސާގައި ސަލާމަތްވި މީހުން ބުނީ ބޯޓުގެ އަޑީ ޑެކުގައި ވިއްސަކަށް މީހުން ތާށިވެފައި ތިބި ކަމަށެވެ. ބަންޑުންވުމައްފަހު މި ބޯޓު އަޑިޔަށް ގޮސްފައި ވާތީ މި މީހުން މަރުވީ ކަމަށް ބެލެވެއެވެ.
ސަތޭކަ ފަންސާހެއްހާ މީހުންނާ އެކު މި ބޯޓު ދަތުރުކުރަމުން ދިޔައީ ކައިރި ހިސާބެއްގައި އޮތް ބޯޓު ރޭހެއް ބަލާށެވެ. ބޯޓު ބަންޑުންވުމުން އޭގައި ތިބި ގިނަ މީހުން ވަނީ ކޯރުގެ ބާރު އޮޔާ ދެކޮޅަށް ފަތާފައި ގޮސް އެއްގަމަށް އަރާފައެވެ.
މި ހާދިސާއާ ބެހޭ ރަސްމީ މައުލޫމާތު އިންޑިޔާއިން އަދި ހާމައެއް ނުކުރެއެވެ. މި ބޯޓުގައި ދުއިސައްތަ އަށް ވުރެ ގިން މީހުން ތިބި ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ. އެ ސަރަހައްދަށް ނިސްބަތްވާ މަންޒްރު ދުށް އާންމުން ބުނީ މި ބޯޓުގައި މީހުން ފުރި ބާރުވެފައި އޮތް ކަމަށެވެ.
މި ސަރަހައްދުން މައުލޫމާތު ލިބުނު ގޮތުގައި ކުއްލި ހާލަތް ތަކުގައި އެހީވާ ނެޝަނަލް ޑިޒާސްޓާ ރެސްކިޔު ފޯސް އާއި، ސްޓޭޓް ޑިޒާސްޓާ ރެސްކިޔު ފޯސްއަށް މި ސަރަހައްދަށް އާދެވުނީ ހާދިސާ ހިނގިތާ ތިން ގަޑިއިރު ފަހުންނެވެ.
މޫސުމަށް އައި ބަދަލުތަކާއެކު މި ކޯރުގެ އޮއިވަރު އާންމު މިންވަރަށް ވުރެ މިހާރު މާ ބާރު ކަމަށް ވެއެވެ.