ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮވިޑުން ރައްކާތެރިވާން ބޯކަރުދާހު ހެދުމެއް!

ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ ގައުމުތަކުގެ އެންމެންގެ އާދައިގެ ދިރިއުޅުން ވަނީ އެފުށް މިފުށަށް ޖެހިފަ އެވެ. އާއްމުކޮށް އެމީހުން ދިރިއުޅުނު އުޅުން މިހާރު ވަނީ މުޅިން ބަދަލު ކުރަން މަޖްބޫރުވެފަ އެވެ. ބަލި ހުރީ ކާކުގެ ގައިގައި ކަމެއް ނޭނގޭ ހާލުގައި މަގުމަތީގައި މީހުނާއެކު ހިނގާ ބިނގާވެ އުޅުމަކީ ކޮންމެ މީހަކު ވެސް އިންތިހާއަށް ކަންބޮޑުވާނެ ކަމެކެވެ. އެކަކު އަނެކަކާ ވީހާވެސް ދުރުދުރުން އުޅެން މަޖުބޫރުވެފައި ވިޔަސް މަގުމައްޗަށް ނުކުތުމާއެކު މިގޮތަށް ގައިދުރުކޮށް އުޅުމަކީ ވެސް މާ ފަސޭހަ ކަމަކަށް ނުވެ އެވެ.

މި ދަނޑިވަޅުގައި ޑިޒައިނަރުންނާއި ކަންކަން އީޖާދުކުރާ މޮޅު ސިކުނޑިތަކުން ވަރަށް ބޮޑެތި އީޖާދުތައް ކުރެ އެވެ.
ކިއުބާގެ ހަވާނާއަށް އުފަން 82 އަހަރުގެ ފެރީދިއާ ރޮޖާސް އަކީ ނަރުހެއްގެ ވަޒީފާގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ އަދި މިހާރު ރިޓަޔާ ވެފައިވާ މީހެކެވެ.

އޭނާއަކީ ވަރަށް އެކަނިވެރި މީހަކަށް ވާތީ އެކި ކަންކަމު ވަރަށް ގިނައިން ގެއިން ބޭރަށް ނުކުންނަން ޖެހެ އެވެ. އެހެންވެ އޭނާ އަސްލު ބޭނުންވީ ބޭރަށް ނުކުންނައިރު ލާނެ ޕާސަނަލް ޕްރޮޓެކްޓިވް އިކްވިޕްމަންޓް (ޕީޕީއީ) ހެދުމެކެވެ. ނަމަވެސް އެއްވެސް ތަނަކުން އޭނާއަށް މިފަދަ ސޫޓެއް ގަންނާކަށް ވެސް ނުލިބުނެވެ.

އަމިއްލައަށް ސޫޓެއް ތައްޔާރުކޮށްލުމަށް ފެރީދިއާ ގަސްތުކުރީ އެހެން ވެގެނެވެ. އެގޮތުން އޭނާ މިހާރު ބޭރަށް ދާން ނުކުންނައިރު ލާފައި ހުންނަނީ ބޯކަރުދާސް ފޮށިގަނޑަކުން އަމިއްލައަށް ތައްޔާރުކުރި ސޫޓެކެވެ. މިއީ ކޮރޯނާވައިރަހުން ސަލާމަތްވުމަށް އޭނާގެ އަމިއްލަ ވިސްނުން ތައްޔާރު ކޮށްފައިވާ އެއްޗެކެވެ.

ފެރީދިއާ ދިރިއުޅޭ ހިސާބުގަނޑުގެ ބޭކަރީންނާއި ބާޒާރުން އަދި މަގުމަތިން ބޯކަރުދާސް ހެދުމެއް ލާފައި ހުރި މީހަކު ފެނިއްޖެނަމަ އެއީ ފެރީދިއާ އެވެ. އޭނާ ބުނާ ގޮތުގައި ކޮރޯނާވައިރަހުން ރައްކާތެރި ވުމަށް އޭނާއަށް މިއަށް ވުރެ ރަނގަޅު ގޮތެއް ނެތެވެ.

ކިއުބާގައި ކޮރޯނާވައިރަސް ފެތުރެން ފެށީއްސުރެ ފެރީދިއާ ބޭރަށް ނުކުންނަނީ މި ހެދުމުގަ އެވެ.

ފެރީދިއާ އަކީ ހުވަފަތްވެފައިވާ މީހެކެވެ. އޭނާ މިހާރު ދިރިއުޅެނީ އަންހެން ދަރިފުޅާއެކު އެމެރިކާގަ އެވެ. އަދި އޭނާއަށް އެހީތެރި ވެދޭނެ އެއްވެސް މީހަކު މިހާރު ނެތެވެ. އެހެންވީމާ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިގޮތަށް ބޭރަށް ނުކުންނަން ޖެހެނީ އެވެ. ކިއުބާ މީހުންނަކީ އިލްމީ އަދި މަޖާ ބައެއްގެ ގޮތުގައި މަޝްހޫރު ބައެކެވެ. ފެރީދިއާގެ ފަރާތުން ވެސް މި ފެނުނީ އޭނާގެ ހުރި ހުނަރުވެރިކަމާއި މަޖާ ކަމެވެ.