އެމްއެންޑީއެފް

ސެންޓްރަލް އޭރިއާ ކޮމާންޑަރަކަށް ކާނަލް ހިލްމީ

Jun 26, 2020
1

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަރަކަށް ކާނަލް އިބްރާޙީމް ހިލްމީ ހަމަޖައްސަވައިފި އެވެ.

ބަންޑާރަކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކާނަލް ހިލްމީއާ މި މަގާމް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ.

ކާނަލް އިބްރާހީމް ހިލްމީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަރުގެ މަގާމަށް ހަމަޖައްސަވާފައިވަނީ މިވަގުތު އެ އޭރިއާގެ ކޮމާންޑަރުގެ މަގާމުގައި ހުންނެވި ކާނަލް މުހައްމަދު އިބްރާހިމްގެ ޕޯސްޓިން ޑިއުޓީ ޓާމް ހަމަވުމާ ގުޅިގެންނެވެ. އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރުގެ މަގާމަށް ކާނަލް މުހައްމަދު އިބްރާހިމް ހަމަޖައްސަވާފައިވަނީ ފެބްރުއަރީ 1، 2018 ގައެވެ.

މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުލް ލަތީފް ބައިވެރިވެވަޑައިގެންނެވިއެވެ.