އެމްއެންޑީއެފް

މޫދަށް ވެއްޓުނު މީހަކު ގެއްލިގެން ހޯދަނީ

Jun 26, 2020

ބޯޓަކުން މޫދަށް ވެއްޓުނު މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނި ތިލަފުށީގެ އުތުރުގައި އަޅާފައި އޮތް ބޯޓަކުން މޫދަށް ވެއްޓުނު މީހަކު ގެެއްލިގެން ހޯދަން ފަށާފައިވާ ކަމަށާއި ގެއްލިފައި ވަނީ ބިދޭސީއެއް ކަމަށެވެ.

ސިފައިން ބުނީ އެ ބޯޓުން ބިދޭސީ ދެ މީހަކު މޫދަށް ވެއްޓުނު ކަމަށާ އެތަނުން އެކަކު ފެނިފައިވާ ކަމަށެވެ. އެމީހާ ފެނިފައިވަނީ އެ ސަރަހައްދުން ދަތުުރުކުރި ދޯންޏަކަށެވެ. އަނެއް މީހާގެ އެއްވެސް ހަބަރެއް އަދި ނުވެ އެވެ.

މި ހާދިސާގެ މައުލޫމާތު މިރޭ 10:20 ގައި ލިބުމުން އެ މީހާ ހޯދަން ކޯސްޓްގާޑްގެ ޑައިވަރުން ދަނީ ހަރަކާތްތެރި ވަމުންނެވެ.