މީހުން ގެއްލުން

ގެއްލުނު މީހާ ހޯދަން އެހީއަށް އެދިއްޖެ

ސްނޯކަލިންއަށް ގޮސް އުޅެނިކޮށް ރޭ ގެއްލުނު ފަތުރުވެރިޔާ ހޯދަން ކައިރި ރަށްރަށުން އެހީތެރިވެދޭން ސިފައިންގެއިން އެދިއްޖެ އެވެ. މި ފަތުރުވެރިޔާ އަކީ ރ. އަތޮޅު މާމުނަގައު ރިސޯޓުން ސްނޯކްލިން އަށް ދިޔަ މީހެކެވެ.

ފަތުރުވެރިޔާގެ އެއްވެސް ހަބަރެއް ވޭތޯ އެ ސަރަހައްދުގެ ރަށްރަށާއި އެ ސަރަހައްދުގައި ދަތުރު ކުރާ އުޅަނދުފަހަރުން ބަލައި ދިނިމަށް ސިފައިންގެއިން މިއަދު ވަނީ އެދިފަ އެވެ. ފަތުރުވެރިޔާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ހިއްސާ ކުރަން ވެސް އެދިފައި ވެއެވެ.

ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތުގެ އަޕްޑޭޓް ދެމުން ސިފައިންގެއިން ބުނީ މިއަދުގެ މިހާތަނަށް އެމްއެންޑީއެފް ޑޯނިއާ ފްލައިޓު ބޭނުން ކޮށްގެން 275 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވައިގެމަގުން ބަލާފައިވާ ކަމަށާއި، ޑައިވް ކޮށްގެން 72000 އަކަ މީޓަރުގެ ސަރަހައްދެއް ކޯސްޓްގާޑް ޑައިވަރުންނާއި ރިސޯޓު ޑައިވަރުން ބަލާފައިވާ ކަމަށެވެ.

މި ފަތުރުވެރި އަންހެން މީހާ ސްނޯކްލިންއަށް ދިޔައީ އެކަންޏެވެ. އޭނާ ލައިގެން ހުރީ ރަތް ކުލައިގެ މޫދު ހެދުމެކެވެ.