ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އޭޑީބީން ރާއްޖެއަށް 50 މިލިއަން ޑޮލަރު ދެނީ

Jun 27, 2020
5

އޭޝިއަން ޑިވްލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް އިތުރު 50 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 770 މިލިއަން ރުފިޔާ) ދޭން ނިންމައިފި އެވެ.

ރާއްޖެއަށް އެންމެ ގިނައިން އެހީ ވެދޭ ބޭރުގެ ބޭންކް، އޭޑީބީން ބުނި ގޮތުގައި މި ފަހަރު ދޭ އެހީގެ ތެރެއިނ 25 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 385 މިލިއަން ރުފިޔާ) އަކީ ލޯނެވެ. އަދި 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) އަކީ ހިލޭ އެހީގެ ގޮތުގައި ދޭ ފައިސާ އެވެ.

އޭޑީބީން މި ފައިސާ ދެނީ ރާއްޖޭގެ ފަސް ސަރަހަދެއްގައި ހުރި ހޮސްޕިޓަލް ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ވަސީލަތް ހަމަޖެއްސުމާއި ދުވާލަކު 800 ޓެސްޓް ހެދޭނެ ވަރަށް ޓެސްޓް ކުރުމުގެ ގާބިލްކަން އިތުރު ކުރުމުގެ އިތުރުން އަންހެނުންނާއި ފިރިހެނުންނަށް ހާއްސަ ހާއްސަކޮށް އައިސޮލޭޝަން 400 އެނދު ގާއިމްކޮށް އިތުރު، 200 އައިސީޔޫ އެނދު ހޯދުމެވެ.

އޭޑީބީން ބުނީ މި އެހީ އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރެވޭނެ ވަސީލަތް ގާއިމް ކުރުމަށް 500،000 ޑޮލަރުގެ ފަންނީ އެހީ ދޭނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ އެހީތައް ހޯދަން ސަރުކާރުން ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. މިހާތަނަށް 300 މިލިއަން ޑޮލަރު ޔަގީން ވެފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. ނަމަވެސް މިހާތަނަށް ރާއްޖޭގެ ހަޒާނާ އަށް މީގެ ތެރެއިން ޖަމާވެފައިވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ދޭ ލޯނު އެހީ އާއި އިންޑިއާގެ މަރުކަޒީ ބެންކުން ދޭ ކަރަންސީ ސްވޮޕް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ބުނެފައިވެ އެވެ.