އަމިއްލަ ކުންފުންޏެއް ހިންގާ އުސޫލުން ގާތް ރަހުމަތްތެރިންކޮޅު ކައިރި ކޮށްގެން ސަރުކާރު ހިންގައިގެން ނުވާނެ ކަމަށާ ދިމާވާ ގޮންޖެހުންތަކަށް އަރައި ނުގަނެވެނީ އެެ އުސޫލުން ސަރުކާރު ހިންގަން އުޅޭތީ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
އަވަސްގެ "ފަށަމާ" ގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވަނީ ރާއްޖޭގެ މިހާރުގެ ހާލަތާއި ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. ރައީސް ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖެ އޮތީ ނުރައްކާތެރި ހާލަތަކަށް ގޮސްފައި ކަމަށެވެ. މާލީ ގޮތުން ރާއްޖެ ވެސް ސަރުކާރު ވެސް އޮތީ ވަރަށް ހާލުގައި ކަމަށްވާތީ ކުރިއަށް އޮތީ ހީވެސް ނުކުރާފަދަ ދަތި ދުވަސްތަކެއް ކަމަށް ވަހީދު ވިދާޅުވި އެވެ.
"މިއަދުގެ ސަރުކާރު މި އޮތީ ވަރަށް ހާލުގައި. ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑްގެ ބަލިމަޑުކަން. މާލީ ގޮތުން ސަރުކާރު މި އޮތީ ވަރަށް ހާލުގައި. ސަރުކާރުގައި މިއަދު އާމްދަނީއެއް ނެތް. ސަރުކާރަށް ލިބޭ އާމްދަނީ ވެސް ވަރަށް ކުޑަވެއްޖެ، ވަރަށް ކުޑަކުޑައެއްޗެއް ރިޒާވްގައި ވެސް ހުރީ،"
ރައީސް ވަހީދު ވިދާޅުވީ ކޮވިޑްގެ ބަލާއާފާތާއެކު ވަރަށް ގިނަ ދިވެހިން ތިބީ އެމީހުން މީގެ ކުރިން ތަޖުރިބާ ވެސް ނުކުރާފަދަ ދަތީގައި ކަމަށެވެ. ރައްޔިތުން އެ ހާލަތުގައި ތިބިއިރު ސަރުކާރުގައި ރައްޔިތުންނަށް އެހީތެރިވެ ދިނުމުގެ ގާބިލްކަން މާލީގޮތުން ނެތް ކަމަށެވެ.
އިގްތިސާދީ ގޮތުން މި ދަތި ދުވަސްތަކުގައި ވެސް ސަރުކާރުގެ ތެރޭގައި ބައިބައިވުމާއި ހިޔާލު ތަފާތުވުން އޮތުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާ ދައުލަތުގެ މުއައްސަސާތައް ރައްޔިތުންނަށް ހިދުމަތްކޮށްދީ މައްސަލަތައް ހައްލު ކުރުމުގެ ބަދަލުގައި އެހެން ކަންކަމުގައި ޝާމިލުވެ އުޅުމަކީ ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށްވެސް ރައީސް ވަހީދު ވިދާޅުވިއެވެ.
"މިހާރު ވަހީދު ހިނގާލަންދިޔައީމަ އެއީ މާބޮޑު ކަމަކަށްވެގެން، މުޅި ރައްޔިތުންގެ މަޖިލީސް ދެ ދުވަސް ވަންދެން މޮބްލައިޒްވެފައި އޮވެގެން ނުވާނެ. އެއަށްވުރެ މާ މުހިންމު ކަންކަން ރާއްޖޭގައި އެބަހުރި. މިއީ އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު. ހަގީގަތުގައި މިވަގުތު އޮޕޮޒިޝަންއަށްވެސް ކޮޅެއް އެލަން އެބަޖެހޭ، އެ ފަރާތްތަކާއި ގުޅިގެންވެސް މަސައްކަތް ކުރަންޖެހޭ،" ރައީސް ވަހީދު ވިދާޅުވިއެވެ.
އެއްވެސް ރައީސަކަށް އެމީހަކު ބޭނުންހާ ކަމެއް ނުކުރެވޭނެ އެނގޭތޯ. ބައެއް ރައީސުންނަށް ހީފުޅުވެދާނެ ބޭނުންހާ ކަމެއް ކުރެވިއްދާނޭ. އެއީ ބޮޑު ކުށްހީއެއް އިނގޭތޯ. އަދި އެހެން ގޮނޑިގޮނޑީގައި ތިއްބެވި ރައީސުންވެސް ވިސްނަންޖެހޭ ބޭނުންވާ ކަމެއް ނުކުރެވޭނެކަންޑރ. މުހައްމަދު ވަހީދު ހަސަން މަނިކު | ކުރީގެ ރައީސް
ރައީސް ވިދާޅުވީ މިހާތަނަށް ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އަމިއްލަ ކުންފުންޏެއް ހިންގާ އުސޫލުން ކޮންމެ ވެރިއަކުވެސް ސަރުކާރު ހިންގަން މަސައްކަތް ކުރުން ކަމަށެވެ. ސަރުކާރު ހިންގުމަކީ ރައްޓެހިންކޮޅު ގެނެސްގެން ކުރެވޭނެ ކަމެއް ނޫން ކަމަށާ އެ މަސައްކަތުގައި އެންމެން ބައިވެރިކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ހާއްސަކޮށް މިފަދަ ވަގުތެއްގައި އެކަން ކުުރުމުގެ މުހިންމުކަން ވަހީދު ފާހަގަ ކުރެއްވިއެވެ.
"ސްޕެސިފިކްކޮށް ދަންނަވަނީމަ ރައީސް ޔާމީންވެސް ޖަލުގައި ބައިންދަވަން ޖެހޭ ވަގުތެއްވެސް ނޫން މިއީ، އެއީ އެމަނިކުފާނަކީ ވަރަށް ރިސޯފުލް ބޭފުޅެއް، ވަރަށް ގިނަ ކަންކަން ރާއްޖޭގައި ކުރައްވާފައިވާ ބޭފުޅެއް. އެހެންވީމަ މިދަނޑިވަޅަކީ އެބޭފުޅާ [ރައީސް ޔާމީން] ވެސް ނެރެގެން އަޅުގަނޑުމެންވެސް ނެރެގެން ހުރިހާ އެންމެން އެކައްޗަކަށް ވެގެން ގައުމު ސަލާމަތް ކުރަންވީ ވަގުތު،"
ސްޕެސިފިކްކޮށް ދަންނަވަނީމަ ރައީސް ޔާމީންވެސް ޖަލުގައި ބައިންދަވަން ޖެހޭ ވަގުތެއްވެސް ނޫން މިއީ، އެއީ އެމަނިކުފާނަކީ ވަރަށް ރިސޯފުލް ބޭފުޅެއް، ވަރަށް ގިނަ ކަންކަން ރާއްޖޭގައި ކުރައްވާފައިވާ ބޭފުޅެއް. އެހެންވީމަ މިދަނޑިވަޅަކީ އެބޭފުޅާ [ރައީސް ޔާމީން] ވެސް ނެރެގެން އަޅުގަނޑުމެންވެސް ނެރެގެން ހުރިހާ އެންމެން އެކައްޗަކަށް ވެގެން ގައުމު ސަލާމަތް ކުރަންވީ ވަގުތުޑރ. މުހައްމަދު ވަހީދު ހަސަން މަނިކު | ކުރީގެ ރައީސް
ރައީސް ވަހީދު ވިދާޅުވީ ވަރުގަދަ ލީޑާޝިޕަކީ އެންމެ ދުވަހަކުން އުފެދޭނެ އެއްޗެއް ނޫން ކަމަށެވެ. ނަމަވެސް ތަޖުރިބާ ހުރި ބޭފުޅުންގެ މަޝްވަރާއާއެކު ކަންކަން ކުރުމަކީވެސް ލީޑާޝިޕް ދަންނަ ބޭފުޅުން ކަންކުރައްވާ ގޮތް ކަމަށެވެ. އެފަދަ އެއްވެސް ކަމެއް މި ސަރުކާރުގެ ތެރެއިން ނުފެނުމަކީ ގައުމަށް އޮތް ވަރަށް ބޮޑު ދެރައެއް ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.
"ވަރަށް ބަލިކޮށް ސަރުކާރު މި ފެންނަނީ. ލީޑާޝިފަކީ އެއް ދުވަހަކުން އުފެދޭ އެއްޗެއް ނޫން، ދުވަސްގަނޑަކުން އުފެދޭ އެއްޗެއް ވަރުގަދަ ލީޑާޝިޕަކީ. އެއްގޮތަކަށް އަޅުގަނޑުމެން އެކްސްޕެކްޓް ކޮށްގެންވެސް ނުވާނެ ލީކުވާން ފެންވަރަށް، މަހާތީރުގެ ފެންވަރަށް ކަންކަން ކުރެއްވޭނެ ކަމަށް. އެއީ ވަރަށް އަންރިއަލިސްޓިކް ކަމެއް،"