ވިޔަފާރި

އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އަކަށް އިނގިރޭސި ރައްޔިތެއް

Jun 28, 2020
7

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު ކަމަށް އިނގިރޭސި ވިލާތުގެ ރައްޔިތަކު ހަމަޖައްސައިފި އެވެ.

އެމްއޭސީއެލްގައި އެމްޑީއެއް ނެތްތާ ދެ އަހަރަށްފަހު އެމްޑީގެ މަގާމަށް އައްޔަން ކުރީ އޭވިއޭޝަން ދާއިރާގެ 20 އަހަރު މަސައްކަތްކޮށް ތަޖުރިބާ ހޯދާފައިވާ ގޯޑަން އެންޑްރޫ ސްޓީވާޓް އެވެ. ގޯޑަން ވަނީ އެކި ގައުމުތަކުގައި ވައިގެ ދަތުރުފަތުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފަ އެވެ.

އޭނާވަނީ ޔޫރަޕާއި މެދުއިރުމަތި އަދި އުތުރު އެފްރިކާ އާއި އޭޝިއާ އަދި އުތުރު އެމެރިކާގެ އެކި ގައުމުތަކުގައި މަސައްކަތް ކުރައްވާފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އަށް ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރެއް ހަމަޖެއްސިއިރު އެ ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވީ އާދިލް މޫސާ އެވެ. އޭނާ އިސްތިއުފާ ދެއްވާފައިވަނީ 2018 ވަނަ އަހަރު އެވެ.

އާދިލް އިސްތިއުފާ ދެއްވުމާއެކު، އެ ކުންފުނި ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވަމުން ގެންދަވަނީ މޫސާ ސޯލިހު އެވެ. އޭނާއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޮޑުބޭބޭ ފުޅެވެ.