ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މާލެ ޖަލުން ނެގި 101 ސާމްޕަލް ނެގެޓިވް

މާލޭ ޖަލުގެ އީއެސްޖީ އޮފިސަރަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ޖަލުން ނެގި 101 ސާމްޕަލް ނެގެޓިވް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވީ މިމަހުގެ 21 ވަނަ ދުވަހު ނެގި 101 ސާމްޕަލް ނެގެޓިވް ކަމަށް އެޗްޕީއޭއިން އަންގާފައިވާ ކަމަށެވެ. އެ ދުވަހު ނަގާފައިވަނީ 70 އޮފިސަރުންނާއި މުވައްޒަފުން، 24 ގައިދީންނާއި ބަންދުމީހުން އަދި ހަތް ވެއިޓަރުންގެއެވެ.

މާލެ ޖަލުގައި މަސައްކަތްކުރާ އޮފިސަރެއް ކޮވިޑް-19 އަށް ޕޮޒިޓިވްވީ ޖަލުތަކުގައި ކޮވިޑް ނެތްކަން ޔަގީން ކުރުމަށް އޮފިސަރުންނާއި ގައިދީންގެ ރެންޑަމް ސާމްޕަލް ތަކެއް ނަގާފައެވެ. އެފަހަރުވެސް ހުރިހާ ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ.