ހަބަރު

އުމަރާއި އިތުރު ބަޔަކު އަނިޔާކުރި ކަމަށް ބުނެ 082 މިލިއަން ރުފިޔާ ހޯދަން މީހަކު ދެވަނަ ފަހަރަށް ކޯޓަށް

Jan 8, 2015

މިހާރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ސިފައިންގެ އެހެން ބައެއް އޮފިސަރުން އަނިޔާކުރި ކަމަށް ބުނެ އެކަމުގެ ބަދަލެއްގެ ގޮތުން 280 މިލިއަން ރުފިޔާ ހޯދަން ދައުލަތާ ދެކޮޅަށް މީހަކު ދެވަނަ ފަހަރަށް ދައުވާކޮށްފި އެވެ.

ބެކްބޯން މާހިރުގެ ނަމުން މަޝްހޫރުވެފައިވާ އީސާ މަސީހު ދައުލަތާ ދެކޮޅަށް ދައުވާކޮށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ މީގެ 19 އަހަރު ކުރިން އޭނާ ހައްޔަރުކޮށް ތަހުގީގުގައި އޭނާއަށް އަނިޔާކުރި ކަމަށް ބުނެ އެކަމުގެ ބަދަލު ހޯދުމަށެވެ.

އޭނާއަށް އަނިޔާކުރި ކަމުގެ ތުހުމަތު އޭނާ ކޮށްފައިވަނީ މިހާރުގެ ހޯމް މިނިސްޓަރު އުމަރާއި ކުރީގެ ޕޮލިސް ކޮމިޝަނާ އަހުމަދު ފަސީހާއި ޑެޕިއުޓީ ކޮމިޝަނަރު އަހުމަދު މުނީރުގެ އިތުރުން ކުރީގެ އިސްމާއިލް އަތީފާއި އިތުރު ދެ މީހެއްގެ މައްޗަށެވެ.

އެ މައްސަލަ ކުރިން ވެސް އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ނަމަވެސް 2013 ގައި އެ ކޯޓުން ވަނީ އެ މައްސަލަ ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ބުނެ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ. ނަމަވެސް ދެވަނަ ފަހަރަށް އޭނާ މިހާރު ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރަކީ ކުރިން ސިފައިންގޭގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.