އިސްލާމިކް މިނިސްޓްރީ

ޖަމާއަތް ފަށާނީ މާދަމާގެ މަޣުރިބުން

މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތްތަކެއްގައި ޖަމާއަތުގައި ނަމާދު ކުރަން ފަށަން ހަމަޖެހިފައި ވަނީ މާދަމާ ރޭ މަޣްރިބު ނަމާދުން ފެށިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމާއެކު، މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލިތާ މިހާރު ވަނީ ތިން މަހަށްވުރެ ގިނަ ދުވަސްވެފަ އެވެ. މާލެ ލޮކްޑައުންއާ ގުޅިގެން މިސްކިތްތައް މުޅިން ބަންދު ވެސް ކުރި އެވެ. ނަމަވެސް މިހާރު ވަނީ ޖައާމަތް ނުހަދައި ނަމާދު ކުރެވޭ ގޮތަށް ހުޅުވާފަ އެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަަޅުގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ކުރަން މާދާ ރޭގެ މަޣުރިބާއެކު ފަށާނެ ކަމަށެވެ.

އެ މިނިސްޓްރީގެ ސާކިއުލާގައި މިސްކިތްތަކުގެ ޖަމާއަތް ހަދާއިރު ސިޓީ ކައުންސިލުން ކުރަންޖެހޭ އިންތިޒާމްތަކާއި މިސްކިތްތަކަށްދާ މީހުން ސަމާލުކަންދޭން ޖެހޭ ކަންކަން ބުނެފައި ވެއެވެ.

ކައުންސިލުން ސަމާލުކަންދޭންވީ ކަންކަން

  • ހުޅުވާލާ މިސްކިތްތަކުގައި ކާޕެޓް އަޅާފައި ނެތުން
  • ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މިސްކިތުގައި މޮޕްލައި ސާފުކުރުން
  • ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމް ހަމަޖެއްސުން
  • ބޭނުންކުރަން ޖެހިއްޖެ ހާލަތެއް ނޫނީ އެއާކޯން ބޭނުން ނުކުރުން
  • އެއާކޯން ބޭނުން ކުރާނަމަ، ދޭތެރޭ ދޭތެރެއިން މިސްކިތުގެ ދޮރުތައް ހުޅުވުން

މިސްކިތަށްދާ މީހުން ސަމާލުވާންޖެހޭ ކަންކަން

  • ގެއިން ވުލޫ ކޮށްގެން ދިއުން
  • މުސައްލަ ގެންދިއުން، އެ މީހެއްގެ މުއްސަލާގައި ނޫނީ ނަމާދު ނުކުރުން
  • މާސްކް އެޅުން
  • މިސްކިތަށް ވަނުމާއި ގައިދުރުކަން ބެހެެއްޓުން
  • ބަލި މީހުން މިސްކިތަށް ނުދިއުން
  • ނަމާދު ނިމުމުން މިސްކިތުގައި މަޑު ނުކުރުން
  • މިސްކިތުގެ ހަތިމްތައް ބޭނުން ނުކުރުން

އިމާމުން ސަމާލުވާންވީ ކަންކަން

  • ބަންގިއަށްފަހު ފަސް މިނެޓް ތެރޭގައި ގަމަތްދީ ނަމާދު ފެށުން
  • އެއްވެސް ނަމާދެއް ހަތް މިނެޓަށްވުރެ ދިގު ނުކުރުން
  • ނަމާދުގައި ސޫރަތުލް ފާތިހާ ފިޔަވައި ލުހާ ސޫރަތުން ތިރީގެ ސޫރަތްތައް ކިޔެވުން