ކޮވިޑް-19 އިގެ ބަލިމަޑުކަމާ ގުޅިގެން މާލެ ސަރަހައްދަށް އިއުލާނު ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު ކޮށްފި އެވެ. އެ މުއްދަތު އިތުރު ކޮށްފައި ވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
ލޮކްޑައުންގެ މުއްދަތު އިތުރުކުރި ނަމަވެސް ބޮޑެތި ލުއިތަކެއް ވަނީ ދީފައެވެ. އެގޮތުން ބޭރުގައި އުޅެވޭ ވަގުތު އިތުުރުކުރުމާއި ޖަމާއަތުގައި ނަމާދު ފެށުމާއި ކެފޭ،ރެސްޓޯރަންޓްތައް ހުޅުވުމުގެ ހުއްދަވެސް ވަނީ ދީފައެވެ. އަދި އެހެނިހެން ބައެެއް ހިދުމަތްދޭ ތަންތަން ހުޅުވުމުގެ ހުއްދަވެސް ވަނީ ދީފައެވެ.
މިހާރު ދީފައިވާ ލުއިތައް
- ފަތިހު 5 ކުން ރޭގަނޑު 11 އަށް ބޭރުގައި އުޅެވޭނެ
- 30 މީހުންނަށްވުރެ އިތުރުނުވާ ގޮތަށް އެއްވެ އުޅެވޭނެ
- ކެފޭ،ހޮޓާ އަދި ރެސްޓޯރަންޓްތައް ހުޅުވުމުގެ ހުއްދަ ދިނުން
- ބޯކޮށާ ތަންތަނާއި ސެލޫންތައް ހުޅުވުމުގެ ހުއްދަ ދިނުން
- ސުކޫލުތައް ހުޅުވުމުގެ ހުއްދަ ދިނުން
- މަތީ ތައުލީމުދޭ ތަންތަން ހުޅުވުމުގެ ހުއްދަ ދިނުން
- ކުޅިވަރު ކުޅޭ ތަންތަން ބޭނުން ކުރުމުގެ ހުއްދަ
މާދަމާ ސުކޫލްތައް ވެސް ހުޅުވި ނަމަވެސް މާލޭ ސަރަހައްދުގައި ސުކޫލްތަކުގައި ކިޔަވައިދޭނީ ނުވައަކުން 12 އަށެވެ. ސުކޫލްތައް ހުޅުވި ނަމަވެސް ޓިއުޝަން ސެންޓަރުތަކުން ހިދުމަތް ދިނުން މަނަލެވެ. އަދި ޓިއުޝަންދޭ ތަންތަން މިވަގުތަށް ހުޅުވުންވެސް ވަނީ މަނާކޮށްފައެވެ.