ތ. އަތޮޅު ރިސޯޓަކުން ފުރައިގެން ދަތުރު ކުރި ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނުގެ ވަގުތެއްގައި ތ. އަތޮޅުން ފުރައިގެން މާލެއަށް ދަތުރު ކުރި ލޯންޗުގައި އަލިފާނުގެ ހާދިސާއެއް ހިނގިއިރު އެ ލޯންޗުގައި ހަ މީހަކު ދަތުރު ކުރި ކަމަށެވެ. އޭގެ ތެރެއިން ދެ މީހަކަށް އަނިޔާވެފައިވާ ކަމަށާއި އެއީ ދިވެއްސަކާއި ބިދޭސީއެއް ކަމަށް ފުލުހުން ބުންޏެވެ. އެ ދެ މީހުންނަށް މާލިފުށި ރިސޯޓުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި ލޯންޗުގައި ރޯވީ ތ. ގުރައިދޫއާ ކައިރި ކުރަނިކޮށެވެ. އަދި މިހާރު ވަނީ އަލިފާން ނިއްވާލައިފަ އެވެ.