މޯލްޑިވްސް ޕޮލިސް ސާވިސް

ލޯންޗެއްގައި އެއްޗެއް ގޮވައި މިހަކަށް އަނިޔާވެއްޖެ

އއ. ކުރަމަތި ރިސޯޓުގެ ފަޅު ތެރޭގައި އޮތް ލޯންޗެއްގައި އެއްޗެއް ގޮވައި މީހަކު ޒަހަމްވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު އެ ލޯންޗް ރޯވެ އެނދީ އެ ލޯންޗް ސްޓާޓް ކުރަން އުޅެނިކޮށް އޭގައި ބާރުގަ އެއްޗެއް ގޮވައިގެން ކަމަށާއި އެ ގޮވުމަށްފަހު ލޯންޗު ފަޅުތެރެއަށް އަޑިއަށް ގޮސްފައިވާ ކަމަށެވެ.

ލޯންޗު އަޑިއަށް ދިޔައިރު އޭގައި އަލިފާން ރޯވެފައި ހުއްޓެވެ. އަޑިއަށް ދިޔައީ ފަޔާ އެންޑް ރެސްކިއޫ އެ ސަރަހައްދަށް ދިއުމުގެ ކުރިން އަލިފާން ނިއްވާލާން އެހެން ދޯންޏަކުން ފެން ޖަހަމުން ދަނިކޮށެވެ.

މި ހާދިސާ ހިގައިފައިވަނީ މިއަދު ހެނދުނު 7:48 އެހާކަންހާއިރު އެވެ. މިހާދިސާގައި އަނިޔާވީ އެ ލޯންޗުގެ ކެޕްޓަނަށެވެ. އޭނާއަށް ލިބުނު ކުދި ކުދި ޒަހަމްތައް ސީރިއަސްއެއް ނޫނެވެ. އއ. އަތޮޅު ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.

،މިހާދިސާ ހިގަން މެދުވެރިވި ސަބަބު ފުލުހުން ގެންދަނީ ބަލަމުންނެވެ.