ހަބަރު

ފަރަށް އެރި ބޯޓުގައި ރޯކޮށްލި ފަޅުވެރިން ފުލުހުންނާ ހަވާލުކޮށްފި

May 31, 2018
2
އިންނަފިނޮޅު ފަރަށް އެރި ބޭރުގެ ބޯޓުގައި ރޯކޮށްލާފައި: އޭގައި ތިބި މީހުން ވަނީ ފުލުުންނާ ހަވާލުކޮށްފައި --
0%
0%
0%

ހއ. އިންނަފިނޮޅުގެ ފަރަށް އެރި ބޭރުގެ ބޯޓެއްގައި ރޯކޮށްލުމަށް ފަހު ބޯޓުން ފުންމާލައި ފިލަން އުޅުން ފަޅުވެރިން ހައްޔަރުކޮށްފި އެވެ.

އެރޭ ފަތިހުގެ ވަގުތެއްގައި އިންނަފިނޮޅު ފަރަށް ބޯޓެއް އަރައިގެން އުޅުން މަންޒަރު ފެނުނީ އެރަށު މަހަށް ނިކުމެ އުޅުނު މަސްވެރިންނަށް ފެނުމާ ގުޅިގެން ކޯސްޓްގާޑަށް ރިޕޯޓު ކުރި އެވެ. ނަމަވެސް އެމްއެންޑީއެފް ރެސްކިއު ޓީމެއް ބޯޓާއި ދިމާލަށް ދިއުމުން އޭގައި ރޯކޮށްލުމަށްފަހު ފަޅުވެރިން ވަނީ ބޯޓުން ފުންމާލައިފަ އެވެ.

އެކަމާ ގުުޅޭ ގޮތުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ބޯޓުން ފުންމާލި މީހުން މިހާރު ފުލުހުންގެ ހަވާލުގައި ހއ. އިހަވަންދޫއަށް ގެންގޮސްފައި ކަމަށެވެ. އަދި ބޯޓު އަންދާލުމާ ގުޅިގެން ބައެއް ބައިތައް އެ ސަރަހައްދުގައި އޮޔާދާތީ ސަމާލުވެތިބުމަށް އެދޭ ކަމަށް އާޒިމް ވިދާޅުވި އެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވެ އެވެ.

ހއ. އުލިގަމު ކައުންސިލަރު އިމާދު އަބުދުﷲ ވިދާޅުވީ ބެލެވޭ ގޮތުގައި އެއީ ސްރީލަންކާގެ ބޯޓެއް ކަމަށާއި ކުރިން ފަހަރުވެސް އެރަށު ކައިރިއަށް ފަރަށް އެރި ކަހަލަ ބޯޓެއް ކަމަށެވެ. އަދި އެ ބޯޓުން ދުން އަރާތަން އެރަށަށް ފެންނަ ކަމަށާއި ނަމަވެސް އެހާ ސާފު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345