ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޒަކާތު ފަންޑުން ގުރުއާން ކްލާސްތަކަށް 1.5 މިލިއަން ރުފިޔާ

ކޮވިޑް-19 އާއި ގުޅިގެން ގުރުއާން ކުލާސް ތަކާއި އަމިއްލަ ޕްރީ ސްކޫލްތަކާއި އަދި ކޮމިއުނިޓީ ޕްރީ ސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތި ކަމަށް އެހީތެރި ވާން ޒަކާތު ފަންޑުން 1.5 މިލިޔަން ރުފިޔާގެ ފައިސާގެ އެހީ ދޭން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ގުރުއާން ކުލާސް ތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިއުނިޓީ ޕްރީސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތި ކަމަށް އެހީތެރި ވުމުގެ ގޮތުން، ޒަކާތު ފަންޑުން 1.5 މިލިޔަން ރުފިޔާގެ ދޭން ހަމަޖައްސާފައި ވާތީ، އެހީ ބޭނުންވާ ފަރާތްތަކުން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ޒަކާތު ފަންޑުގެ ދަށުން ލިބިފައިވާ އެހީ ދޭނެ ފަރާތްތަކާއި ހުންނަންޖެހޭ ޝަރުތުތައް އަދި، އެހީ ދޭން ހަމަޖެހިފައިވާ މިންވަރު "ޕްރީސްކޫލްތަކާއި ގުރުއާން ކުލާސްތަކަށް ފައިސާގެ އެހީ ދިނުމުގެ އުސޫލް" ގައި ބަޔާން ކޮށްފައި ވާނެ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

އުސޫލާއި އެހީއައަށް އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެ އެވެ. ފައިސާގެ އެހީއަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ލިޔުން ހަމަކުރުމަށް ފަހު ހުށަހަޅަން ޖެހެނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.