ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މޯލްޑިވިއަންއިން އޮންލައިން ޗެކިން ވެވޭނެ

ކޮވިޑް-19 އާ ގުޅިގެން އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ބާރުއެޅުވުމުގެ ގޮތުން މިއަދުން ފެށިގެން އޮންލައިންކޮށް ޗެކިން ވެވޭނެ ކަމަށް މޯލްޑިވިއަން އިން ބުނެފި އެވެ.

މޯލްޑިވިއަން އިން ބުނީ އެ އެއާލައިނުގެ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ފްލައިޓްތަކަށް އޮންލައިންކޮށް މިއަދުން ފެށިގެން ޗެކިން ވެވޭނެ ކަމަށާއި މިގޮތަށް އޮންލައިން ވުމުން އީމެއިލް މެދުވެރިކޮށް ބޯޑިން ފާސް ލިބޭނެ ކަމަށެވެ.

ފްލައިޓް އޮންނަ ގަޑީގެ 12 ގަޑިއިރު ކުރިން ޑޮމެސްޓިކް ފްލައިޓްތަކަށް އޮންލައިން ޗެކިންވެވޭ އިރު އިންޓަނޭޝަނަލް ފްލައިޓުތައް އޮންނަ ގަޑީގެ 48 ގަޑިއިރު ކުރިން ފެށިގެން އޮންލައިންކޮށް ޗެކިންވެވޭނެ ކަމަށް މޯލްޑިވިއަނުން ބުނެ އެވެ. އަދި ފްލައިޓްތަކުގެ ޗެކިން ފުރުމުގެ ހަތަރު ގަޑިއިރު ކުރިން ބަންދުވާނެ އެވެ.

މޯލްޑިވިއަނުން ބުނީ ދަތުރުކުރާ ފަރާތްތަކުން ލަގެޗާއެކު ފްލައިޓު ފުރުމުގެ އެއްގަޑި އިރު ކުރިން އެއާޕޯޓަށް ދާން ޖެހޭނެ ކަމަށާއި އަދި ބޯޑިން ފާހުގައި ފްލައިޓުން ޖާގަ ލިބޭނެ ކަމަށް ޖަހާފައިވާ ޖާގަ އެހެނިހެން ސީޓަކަށް ބަދަލު ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ. ނަމަވެސް މިގޮތަށް ސީޓު ބަދަލު ކުރާނީ ކޮވިޑް-19 އިން ރައްކާތެރި ވުމަށް އަޅާފައިވާ ފިޔަވަޅު ދަށުން ކަމަށް އެއެއާލައިނުން ވަނީ ބުނެފަ އެވެ.

އީމެއިލް މެދުވެރިކޮށް ލިބޭ ބޯޑިން ފާސް އެއާޕޯޓަށް ފުރަން ދިޔުމުގެ ކުރިން ރަނގަޅަށް ޗެކް ކުރުމަށް މޯލްޑިވިއަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މޯލްޑިވިއަން އިން ވަނީ ވައިބާ މެދުވެރިކޮށް ޓިކެޓު ބުކް ކުރުމާއި ޓިކެޓު ނެގޭނެ އިންތިޒާމު ވެސް ހަމަޖައްސާފަ އެވެ. އަދި އެ ކުންފުނިން މި ހިދުމަތްތައް ދޭން ހާއްސަ އެޕެއްވެސް ލޯންޗް ކޮށްފައިވެއެވެ.