ވިޔަފާރި

އިންވެސްޓްމަންޓް ފޯރަމްގައި މަޝްހޫރު ލީގަމް ފާމް ޑީއެލްއޭޕައިޕާ ބައިވެރިވެއްޖެ

Sep 30, 2015

ރާއްޖެއަށް އިންވެސްޓްމަންޓް ފުރުސަތުތައް ތަނަވަސް ކުރުމަށް އަންނަ މަހުގެ 19 ގައި ބެއިޖިންގައި ބާއްވާ އެމްއައިއެފްއާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ އިންވެސްޓްމަންޓް ފޯރަމްގައި ފެނަލް ޑިސްކަޝަންއަކާއި އެގްޒިބިޝަންގެ އިތުރުން، ރަސްމީ ބައްދަލުވުމެއް ވެސް އޮންނާނެ ކަމަށެވެ. މީގެ މީގެ އިތުރުން ނެޓްވޯކިން ޑިނާއެއްގެ އިތުރުން މި އަހަރުގެ ފޯރަމްގައި މައުލޫމާތު ދިނުމަށް ހާއްސަ ޕެނަލް ޑިސްކަޝަންއެއް ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕެނަލް ޑިސްކަޝަންގައި އެކި ދާއިރާތަކުން ދުނިޔޭގައި ފާހަގަ ކޮށްލެވޭ ބޭފުޅުން ބައިވެރިވާނެ،" ވިސާމް ވިދާޅުވިއެވެ.

އިކޮނޮމިކް މުހައްމަދު ސައީދު

ރައްޔިތުން މަޖިލީހުގެ މެންބަރު އަދި މަޝްހޫރު ލޯޔަރު މުހައްމަދު ނަޝީދު

މަޝްހޫރު ކޮންސެލްޓެންސީ ފާމް ބޮރޯހަޕަލްޑްގެ، އިކޮނޮމިސްޓް ޖިމް ކޯލްމަން

ވިސާމް ވިދާޅުވީ މީގެ އިތުރުން ބައިވެރިވާ އިތުރު ފަރާތްތައް ކޮންފާމްވާ ވަރަކަށް ޕަބްލިކާ ހިއްސާ ކުރަމުން ގެންދާނެ ކަމަށެވެ.

"އުފެދޭ ސުވާލެއް މިފޯރަމްތަކުން ލިބެނީ ކޮންފައިދާއެއް ތޯ؟ މިދިޔަ އަހަރު ފޯރަމަށް ފަހުވެސް ރާއްޖޭގައި ކުރަމުން އައި އިންވެސްޓްމަންޓްގެ ޖުމްލަ އަދަދަށް ކުރިއެރުން ލިބިއްޖެ. މިދިޔަ އަހަރުން ފެށިގެން ބެލިނަމަވެސް ކުރިއަށް އޮތް ފަސްއަހަރުގެ ތެރޭގައި މޮބިލައިޒް ކުރާނެ ކަމަށް ވިދާޅުވެފައިވާ ޖުމްލަ އަދަދު އިތުރުވެއްޖެ. ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އެއް ބިލިއަން ޑޮލަރުގެ މޮބިލައިޒް ކުރާނެ،" ވިސާމް ވިދާޅުވި އެވެ.

އެ މިނިސްޓްރީން ބުނީ މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމްގައި 500 ފަރާތަކަށް ދައުވަތު ދޭނެ ކަމަށެވެ. އެގޮތުން ފޯރަމްގެ ޖާގައިގެ 90 ޕަސެންޓް މިހާރު ފުރިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ. އެ މިނިސްޓްރީ ބުނީ ފޯރަމްގައި 150 ދިވެހި ކުންފުނި ބައިވެރިވާނެ ކަމަށާއި ބައިވެރިވުމަށް ހުށަހަޅާފައިވާ ފަރާތްތަކަށް އަންނަ މަހުގެ ފަސްވަނަ ދުވަހު ކޮންފޮމޭޝަން ފޮނުވާނެ ކަމަށެވެ.

• މާލީ ދާއިރާ: މާލީ ދާއިރާގެ ދަށުން ރާއްޖޭގެ ބޭކިންގް ދާއިރާ އިތުރަށް ތަރައްގީ ކުރުމާއި ކެޕިޓަލް މާކެޓް މެދުވެރިކޮށް ފަންޑް ހޯދާނެ ގޮތް ތާރަފް ކުރާނެ އެވެ.

• މާލެ ސްޕޯޓްސް ކޮމްޕްލެކްސް: ޒުވާނުންނަށް ތަރައްގީގެ ގިނަ ފުރުސަތު ތަކެއް ދިނުމަށް 100،000 އަކަ ފޫޓުގެ ބިމުގައި ގާއިމް ކުރެވިގެންދާނެ އެވެ. މިޝޯކޭސް ފަރުމާ ވެގެންދާނީ ރެސިޑެންޓަލް ސަރަހައްދަކާއި ރީޓެއިލް އައުޓްލެޓްސްމ ސާވިސް އެޕާރްޓްމަންޓް އަދި ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތަށް އެކުލެވޭ ގޮތަށެވެ.

• ރިނިއުވަބަލް އެނާޖީ: ރިނިއުވަބަލް އެނާޖީގެ ދާއިރާގައި ރާއްޖޭގެ ޕްރައިވެޓް އިންވެސްޓްމަންޓުތައް އިތުރު ކުރުމުގެ ވިސްނުމުގައި ކުރެވޭ މަޝްރޫއުތަކުގެ ދަށުން، ސޯލާ އެނާޖީ [އަވިން ހަކަތަ] އުފެއްދުމަށްޓަކައި 11 މެގަވޮޓް ގްރިޑް މާލެ އަދި މާލެ ކައިރީގައިވާ ރަށްތަކުގައި ބަހައްޓައި، ސްޓެލްކޯއަށް ހަކަތަ ވިއްކުމަށް ފުރުސަތު ހުޅުވާލާނެ އެވެ.

• ހުޅުމާލެ ޔޫތްސިޓީ: މިމަޝްރޫއުގެ ދަށުން އިންޑަސްޓްރިއަލް ޕާކް، ނޮލެޖް ޕާކް އަދި މީގެ އިތުރުން ފަތުރުވެރިންނަށް އަމާޒު ކޮށްގެން ޓުވަރިސްޓު ޑިސްޓްރިސަމް ޑިސްޓްރިކްޓެއް ގާއިމް ކުރުމމުގެ ފުރުސަތު ތަނަވަސްވެ އެވެ.

• މާލެ ޕޯޓް ރީލޮކޭޝަން: މިމަޝްރޫއުގެ ދަށުން މާލެ ޕޯޓް ތިލަފުއްޓަށް ބަދަލުކޮށް ތިލަފުށިން އެކަށީގެންވާ ޕޯޓެއް ގާއިމް ކުރުމަށްޓަކައި 70 ހެކްޓަރުގެ ބިމެއް ހިއްކާ އަދި އެބިމުގައި ބައިނަލްލަގުވާމީ ފެންވަރަކަށް ހިދުމަތް ފޯރުކޮށްދެވޭނެ އިންފްރާ ސްޓްރަކްޗަރ އެއް ގާއިމް ކުރުމެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނި ގޮތުގައި އިންވެސްޓްމަންޓު ފޯރަމްގައި ރާއްޖޭގައި ހުރި އިތުރު ވިޔަފާރީގެ ފުރުސަތުތައް ވެސް އާންމުކޮށް ހުޅުވާލެވޭނެ އެވެ. މީގެ ކުރިން 2014 ވަނަ އަހަރުގެ ތެރޭގައި ސިންގަޕޫރުގައި ވެސް އިންވެސްޓްމަންޓް ފޯރަމެއް ބާއްވާފައިވެ އެވެ. މިނިސްޓްރީ އިން ބުނީ އެ ފޯރަމް ކާމިޔާބު ކަމަށެވެ.