ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

މީރާގެ ކައުންޓަރުތައް ހުޅުވައި ހިދުމަތް ދޭން ފަށައިފި

Jul 5, 2020

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކައުންޓަރުތައް ހުޅުވައި، މިއަދުން ފެށިގެން ހިދުމަތް ދޭން ފަށައިފި އެވެ.

މީރާއިން ބުނީ ކައުންޓަރުތައް ހުޅުވައި ހިދުމަތް ދޭން ފެށުމާއެކު ނަމްބަރު ދޫކުރަމުން ގެންދާނީ ހެނދުނު 8:15 އިން މެންދުރު 12:00 އަށް ކަމަށެވެ. އަދި މީރާގެ ސާވިސް ސެންޓަރުން ނަންބަރު ދޫކުރުމުގެ ބަދަލުގައި ނަންބަރު ދޫކުރާނީ މީރާގެ މޯބައިލްއެޕްލިކޭޝަން އަދި "ކިއު-ބީ" އެޕްލިކޭޝަން މެދުވެރިކޮށް ކަމަށެވެ.

މިއަދުން ފެށިގެން ވޯކް ވިސާ ފީ ބަލައިގަންނާނީ އޮންލައިކޮށެވެ. އެކަމަކު އެ އޮތޯރިޓީގެ ހުރަވީ ކަލެކްޝަން ސެންޓަރުން އެ ހިދުމަތެއް ނުދޭނެ އެވެ.