ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މީރާ

ނުދެއްކިވާ ޓެކްސް ބަހާލައިގެން ދައްކަން މީރާއިން ފަސޭހަ ގޮތެއް

ނުދެއްކިވާ ޓެކްސް އިންސްޓޯލްމަންޓް އުސޫލުން ބަހާލައިގެން ދައްކަން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ލުއި ގޮތް ތަކެއް ހަމަޖައްސައި ދީފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާ އިން ބުނީ ކޮވިޑް-19 އާ ގުޅިގެން ޓެކްސް ދައްކާ ފަރާތްތަކަށް ދިމާވެފައިވާ ދަތި ހާލަތަށް ބަލައި ޓެކްސް ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން، އިންސްޓޯލްމަންޓް އުސޫލުން މީރާއަށް ފައިސާ ދެއްކުމުގެ އުސޫލަށް އިތުރު ލުއި ތަކެއް ދީފައިވާނެ ކަމަށެވެ.

މީރާ އިން ދިން ލުއިތަކުގެ ތެރޭގައި އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަށް، އޭގެ ކުރިން އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމުގެ އެއްބަސްވުމަކަށް ދިއުމުގެ ގޮތުން ދައްކަންޖެހޭ "ކޮމިޓްމަންޓް ޕޭމަންޓަށް" ވުރެ ކުޑަ ކޮމިޓްމަންޓް ޕޭމަންޓެއް ދެއްކުމުން އިންސްޓޯލްމަންޓް އެގްރިމަންޓަކަށް ދެވޭނެ އިންތިޒާމާއި، އާންމު އުސޫލުން އިންސްޓޯލްމަންޓް ހަމަޖައްސައިދެވޭ މުއްދަތަށްވުރެ ދިގު މުއްދަތަކަށް އިންސްޓޯލްމަންޓުގެ މުއްދަތު ހަމަޖައްސައި ދިނުން ހިމެނެ އެވެ.

ކޮމިޓްމަންޓަށް ދައްކަން ދެ މަހާއި 26 މަސް

މީގެ ކުރިން ކޮމިޓްމަންޓް ޕޭމަންޓްގެ ގޮތުގައި ނުދައްކައިވާ ފައިސާގެ 50 ޕަސެންޓް ނަގަމުން ދިޔަ ނަމަވެސް އެ ޕަސެންޓް މިހާރު ވަނީ ފަސް ޕަސެންޓާއި 10 ޕަސެންޓާ އާ ދެމެދަށް ކުޑަ ކޮށްދީފަ އެވެ. އަދި ދެ މަހާއި 26 މަހާ ދެމެދުގެ މުއްދަތަށް އިންސްޓޯލްމަންޓްގެ ގޮތުގައި ބަހާލައި ދީފައިވެ އެވެ.

އިންސްޓޯލްމަންޓް މުއްދަތު އިތުރު ކޮށްދޭނެ

މީރާ އިން ބުނި ގޮތުގައި އިތުރު ލުޔެއްގެ ގޮތުން، އިންސްޓޯލްމަންޓް އެގްރިމަންޓެއްގައި ސޮއިކޮށް ހިނގަމުންދާ އިންސްޓޯލްމަންޓް އެގްރިމަންޓެއް އޮތް ނަމަވެސް، އެ އިންސްޓޯލްމަންޓްގެ ތެރޭގައި ނުހިމެނޭ މުއްދަތުތަކާ ގުޅިގެން އިތުރު އިންސްޓޯލްމަން އެގްރީމަންޓަކަށް އެދިއްޖެނަމަ އެ ފުރުސަތު ވެސް ޓެކްސް ދައްކާ ފަރާތް ތަކަށް ދޭނެ އެވެ. އަދި ޓެކްސް ދައްކާ ފަރާތުން ބޭނުންވާނަމަ މިހާރު ހިނގަމުންދާ އިންސްޓޯލްމަންޓް އެގްރިމަންޓް ރީޝެޑިއުލްކޮށް ދޭނެ އެވެ.

މީގެ އިތުރުން، ޓެކުހާ ގުޅޭ ޖޫރިމަނާ ދެއްކުމަށް ދަތިވާނަމަ، ޓެކްސް ދައްކާ ފަރާތުން އެދުމުން، އެފަރާތުން ނުދައްކާ ހުރި ޓެކްސް ދެއްކުމުން ނުވަތަ ޓެކްސް ދެއްކުމަށް އިންސްޓޯލްމަންޓް އެގްރީމަންޓަކަށް ދިއުމުން، ޓެކުހާ ގުޅޭ ގޮތުން ވެފައިވާ ޖޫރިމަނާ މާފުކޮށް ދޭނެއެވެ. އަދި އެހެން އިދާރާތަކުގެ ބޭނުމަށް ޓެކްސް ކްލިއަރެންސް ދޫކުރުމުގައި ނުދައްކައިވާ ޓެކުހާ ގުޅިގެން އިންސްޓޯލްމަންޓް އެގްރީމަންޓަކަށް ދިއުމުން ޓެކްސް ކްލިއަރެންސް ދޫކުރާނެ އެވެ.