ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ޓެކްސްތަކުގެ މުއްދަތު އިތުރުކޮށްފި

Apr 29, 2020

ލޮކްޑައުންގައި ސުންގަޑި ހަމަވެ، ދައްކަން ޖެހޭ ޓެކްސްތައް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފަސް ކޮށްދީފި އެވެ.

މީރާއިން ބުނީ ލޮކްޑައުންގެ މުއްދަތުގައި ދައްކަން ޖެހޭ ޓެކްސް ދައްކަން އިތުރު ވަގުތު ދޭން ނިންމީ، މި ދުވަސްވަރު އެ އޮފީސް ބަންދު ކޮށްފައިވުމުން ކަމަށެވެ. އެހެންކަމުން މީރާ ހުޅުވެން ދެން ޓެކްސްތައް ދެއްކުން ފަސް ކޮށްފައިވާއިރު، ހުޅުވާނެ ތާރީހެއް ފަހުން އަންގާނެ ކަމަށެވެ.

މީރާ އަށް ޓެކްސް ދައްކާ ސުންގަޑިތައް ފަސްކޮށް ދިންއިރު، ޓެކްސް ދެއްކުމުގެ ސުންގަޑި ދެން ހަމަ ވާނީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގައި ސުންގަޑި ހަމަވާނީ ފެބްރުއަރީ އަދި މާޗް މަހުގެ ޖީއެސްޓީ އާއި ޑިއުޓީ ފްރީ ލޯޔަލްޓީ އަދި ވިލްހޯލްޑިން ޓެކްސްގެ އިތުރުން އެއާޕޯޓް ޓެކްސް އާއި ގްރީން ޓެކްސް އެވެ. މީގެ އިތުރުން ކުންފުނިތަކުގެ އަހަރީ ފީ އެވެ.

ކޮވިޑް-19 ގުޅިގެން ރާއްޖެ އަށް ލިބޭ އާމްދަނީ ބޮޑުތަނުން ދައްވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މި އަހަރު ލިބޭނެ ކަމަށް ސަރުކާރުން ބުނެފައިވަނީ 15 ބިލިއަން ރުފިޔާ އެވެ.