މެދުކެނޑުމަކަށްފަހު މާލެ އާއި ހުޅުމާލޭގެ މިފްކޯ ފިހާރަތަކުން އަނެއްކާވެސް ހޯމް ޑެލިވަރީގެ ހިދުމަތް ފަށައިފި އެވެ.
މިފްކޯ އިން މިއަދު ބުނީ، ކޮވިޑް-19 އާ ގުޅިގެން އާއްމުންނަށް ދަތިވިޔަ ނުދިނުމަށް މިފްކޯ ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ދެމުން ގެންދިޔަ އިރު މަސް ފިހާރާއިގެ މުވައްޒަފުންނާއި އެކި ޑިޕާޓްމަންޓުތަކުން ވޮލަންޓިއަރުން ގުޅިގެން ގިނަ ކަސްޓަމަރުންނަށް ހިދުމަތް ދެވުނު ކަމަށެވެ.
އަދި، ރަސްމީ ސިފައެއްގައި މިހާރު ހޯމް ޑެލިވަރީ ފަށަނީ އޯޑަރު ނެގުމާއި ޑެލިވަރީގެ އާ އިންތިޒާމުތަކާއެކު ކަމަށް މިފްކޯ އިން ބުންޏެވެ. މިފްކޯ އިން ބުނީ ޑެލިވަރީ ނަގަނީ މާލެ (3335533) އަދި ހުޅުމާލެ (3351002) ހާއްސަކޮށްފައިވާ ނަންބަރުތަކުން ހެނދުނު 09:00 އަކުން މެންދުރުފަހު 15:00 އަށް ކަމަށެވެ. އަދި އޯޑަރުތަކުގެ އަދަަދަށް ބެލުމަށްފަހު އެދުވަހެއްގެ މެންދުރު 2ގެ ކުރިން ދީފައިވާ އޯޑަރުތައް އެދުވަހު ޑެލިވަރީ ކުރުމަަށް ވަނީ ރޭވިފައި ކަމަށް މިފްކޯ އިން ބުންޏެވެ. މި ހިދުމަތް ދެނީ 200 ރުފިޔާ އިން މަތީގެ ވިޔަފާރިތަކަށެވެ.
އިތުރަށް ބުނީ، މިފްކޯ މަސްފިހާރައިން ވިއްކާ ފަސްމީރު ބްރޭންޑްގެ ހުރިހާ އުފެއްދުންތައްވެސް ޑެލިވަރީކޮށްދިނުމަށް ހަމަޖެހިފައިިވާ ކަމަށާއި ގަނޑުކުރި މަހުގެ ބާވަތްތައްވެސް ތާޒާކަމާއެކު ޑެލިވަރީކޮށްދޭނެ ކަމަށެވެ.
މިހާރުވެސް މިފްކޯ މަސްފިހާރައިން ގޭދޮށު ފިހާރައިގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ފިހާރަތަކާއި މާލެ އިން ފުރާ އޮޑިދޯނިފަހަރަށްވެސް އިތުރު އަގަކާ ނުލައި ޑެލިވަރީކޮށްދެ އެވެ.