ހަބަރު

ކާށިދޫ ކަނޑަށް ގެއްލުނު މީހުން ފެނިއްޖެ، ހާލު ރަނގަޅު

Jul 6, 2020
1
އަޑިއަށް ދިޔަ ދޯނި --
0%
0%
0%

ކ. ކާށިދޫއިން ފުރައިގެން ދިޔަ ބޯޓެއް އަޑިއަށް ގޮސް އޭގައި ތިބި މީހުން ކަނޑަށް ގެއްލުނު މީހުން ފެނިއްޖެ އެވެ. އެ ފަސް މީހުންގެ ހާލު ވެސް ރަނގަޅެވެ.

އެމްއެންޑީއެފްއިން ބުނީ ކަނޑުވެ ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ސީޕްލޭންގެ އެހީތެރިކަމާއެކު ކުރަމުންދަނިކޮށް ކަނޑުވެފައި ތިއްބައި ފެނިގެން ކޯސްޓްގާޑުގެ ލޯންޗަށް ނަގާފައިވާ ކަމަށެވެ.

އެމީހުން މިހާރު މާފިލާފުއްޓަށް ގެންދިޔުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެމީހުންގެ ތެރޭގައި ހިމެނީ ހަތަރު ދިވެހިންނާއި އެއް ބިދޭސީއެކެވެ.

އެ ބޯޓު އަޑިއަށް ދިޔައީ ކާށިދޫގެ އުތުރުން ނުވަ މޭލް ބޭރުންނެވެ. ބޯޓުގެ ނަމަކީ "ފަތޮޅު" އެވެ. އެ ސަރަހައްދުގައި ގޯސްޓުގާޑުން ހަރަކާތްތެރިވަމުންދާއިރު އެމްއެންޑީއެފްއިން ބުނީ އެ ސަރަހައްދުން ބޯޓުގެ އެއްވެސް ނިޝާނެއް ވެސް ނުފެނޭ ކަމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345