ހަބަރު

މީރާގެ ބޯޑު މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

Jul 6, 2020

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، ރައީސް އޮފީހުން މިއަދު ހުޅުއްވާލައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ ފުރުސަތު ހުޅުވާލީ މީރާގެ ބޯޑު މެންބަރަކު އިސްތިއުފާ ދެއްވުމުގެ އިތުރުން އެ ބޯޑުގެ ތިން މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ ކަމަށެވެ.

އެގޮތުން، މީރާގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ޖުލައި 12 އަދި 13 ވަނަ ދުވަހު ހެނދުނު 9:30 އިން މެންދުރު 12:30 އަށެވެ.

އަދި މީރާގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓު، www.presidencymaldives.gov.mv އިން ޑައުންލޯޑް ކުރެވޭނެކަމަށް އިތުރަށް ބުންޏެވެ.