ވިޔަފާރި

މިދިޔަ މަހު ދައުލަތައް ލިބުނު އާމްދަނީ 45 ޕަސެންޓް އިތުރުވެއްޖެ

މިދިޔަ މަހު ދައުލަތައް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 45.9 ޕަސެންޓް އިތުރުވެފައިވާ ކަމަށް މީރާ އިން ބުނެފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ދައުލަތައް ޖުމްލަ އާމްދަނީގެ ގޮތުގައި 1.16 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) ގެ ގޮތުގައި ލިބުނު 404 މިލިއަން ރުފިޔާ

ޖީއެސްޓީގެ ގޮތުގައި ލިބުނު 424 މިލިއަން ރުފިޔާ

ޓޫރިޒަމް ރެންޓުގެ ގޮތުގައި ލިބުނު 211.5 މިލިއަން ރުފިޔާ

މީރާގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީގެ ގޮތުގައި 38.4 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.