ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އެމިރޭޓްސް ކާގޯ އުފުލުން ރާއްޖެ ހިމެނޭ ގޮތަށް ފުޅާ ކުރަނީ

Jul 7, 2020

ވައިގެ މަގުން މުދާ އުފުލުމުގެ ހިދުމަތް ފުޅާ ކުރުމުގެ ގޮތުން، އެމިރޭޓްސް އެއާލައިން އިން ރާއްޖެއަށް ކާގޯ ފްލައިޓް ތަކެއް ބާއްވާނެ ކަމަށް ބުނެފި އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވުމާއެކު އެންމެ ފުރަތަމަ ރާއްޖެއަށް ފްލައިޓް ފަށަން ނިންމާފައިވާ އެއް އެއާލައިން ކަމަށްވާ އެމިރޭޓްސް އިން ބުނި ގޮތުގައި ރާއްޖެ ހިމެނޭ ގޮތަށް ފަށާ ކާގޯ ފްލައިޓުތައް ދުނިޔޭގެ ހަ ބައްރުގެ 100 މަންޒިލަތަކަށް ދާނެ އެވެ. މި ފްލައިޓްތަކުގައި ޝެޑިއުލްކޮށް ވައިގެ މަގުން މުދާ އުފުލައި ދިނުމާއި ޗާޓަރު ކޮށްގެން މުދާ ގެންގޮސް ދިނުންވެސް ހިމެނެ އެވެ.

އެމިރޭޓްސް އިން ބުނި ގޮތުގައި ކާގޯ ފްލައިޓްތަކުގެ ސަބަބުން ގައުމުތަކުގެ އިގްތިސޯދަށް ދިރުން ލިބިގެން ދާނެ އެވެ. އަދި ކޮވިޑް-19 އިގެ މި ހާލަތުގައި ގައުމުތަކުގެ ސިއްހީ ދާއިރާ އަށް ބޭނުންވި ސާމާނު ވެސް އެ ގައުމު ތަކަށް ފޯރުކޮށް ދެވޭނެ އެވެ.

ވައިގެ މަގުން ދުނިޔޭގެ އެކި ގައުމުތަކަށް ކާގޯ އުފުލުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ އެމިރޭޓްސް އިން ކާގޯގެ ހިދުމަތް ދިނުމަށް ބޭނުން ކުރާނީ ބޮއިން 777 އާއި 300 އީއާރު މަރުކާގެ ބޯޓު ފަހަރެވެ.

އެމިރޭޓްސް އިން ވަނީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ދަތުރު ފަށަން ނިންމާފަ އެވެ. އެމިރޭޓްސް އެއާލައިނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ދަތުރުތައް ފަށާއިރު ދުބާއީ އާއި މާލެއާ ދެމެދު ހަފުތާއަކު ފަސް ފްލައިޓް ބާއްވާނެ ކަމަށެވެ.

މި ފްލައިޓްތައް އޮންނާނީ ބުރާސްފަތި ދުވަހާއި ހުކުރު އަދި ހޮނިހިރު ދުވަހާއި އާދީއްތަ، ހޯމަ ދުވަހު އެވެ.

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) ގެ ގައުމީ އެއާލައިން، އެމިރޭޓްސް އިން ވަނީ ޖުލައި މަހުން ފެށިގެން އިތުރު 52 މަންޒިލަކަށް ދަތުރު ކުރަން ނިންމާފަ އެވެ. ދުބާއީގައި މަރުކަޒު ވެގެން ހިދުމަތް ދޭ، އެއާލައިނުން ވަނީ ދުބާއީ އާއި ގިނަ ބައްރުތަކެއް ގުޅާލާނެ ކަމަށް ބުނެފަ އެވެ.

ޔޫއޭއީއަކީ ރާއްޖެ އަށް އެންމެ ގިނަ އިން މުދާ އެތެރެ ކުރާ ތިން ގައުމުގެ ތެރޭގައި ހިމެނޭ ގައުމެވެ. އެމިރޭޓްސްއަކީ ރާއްޖޭން އެކްސްޕޯޓް ކުރާ މަހުގެ ބޮޑުގައި ޔޫރަޕަށް ގެންގޮސް ދިނުމުގައި ވެސް އިސް ދައުރެއް އަދާކުރާ އެއާލައިން އެކެވެ.