ކަނޑުމަތީގެ ހާދިސާ

13 މީހުންނާއެކު ދަތުރުކުރި ދޯންޏެއް މެދުން ބިންދައިގެން ގޮސްފި

Jul 8, 2020

ތ. ކިނބިދޫ ކައިރިން 13 މީހުނާއެކު ދަތުރު ކުރި ދޯންޏެއް ކަނޑު މެދަށް ބިންދައިގެން ގޮސްފި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާ މޭޖާ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ އެ ދޯނީގައި ތިބީ 11 ދިވެހިންނާއި ދެ ބިދޭސީއެއް ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު ކޯސްޓްގާޑުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދާ ކަމަށެވެ. އެ ދޯނި ބިންދައިގެން ދިޔަ ނަމަވެސް އަޑިކަށް ނުދެ އެވެ. އެހެންވެ ފަޅުވެރިން އަދިވެސް ތިބީ ދޯނި މަތީގަ އެވެ.

ތ. ވޭމަންޑޫގެ "ދިރުން-4" ދޯންޏަކީ 91 ފޫޓުގެ މަސް ދޯންޏެކެވެ. އެ ދޯނީގެ ވެރިފަރާތުން މިހާރު ގެންދަނީ ދޯނި ކަފު ޖަހާނެ އުޅަނދެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ މަސް ދޯނި ފަހަރު ކަނޑު މެދަށް ބިންދައިގެން ދިއުމުގެ ހާދިސާއަށް ވަރަށް މަދުން ހިނގާފައި ވެއެވެ.