ރާއްޖޭގެ ބިމާ ބެހޭ ގާނޫނަށް އިސްލާހުތަކެއް ގެންނަ ބިލެއް ރައްޔިތުންގެ މަޖިލީހަށް އެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވައިފި އެވެ.
ޖާބިރުގެ ބިމުގައި އިސްލާހު ގެންނަން ހުށަހަޅުއްވާފައިވަނީ އެ ގާނޫނުގެ އަމިއްލަ ބިމާއި ގޯތި ވިއްކުމުގެ މާއްދާއަށެވެ. އެ ގޮތުން ބިން ވިއްކުމުގެ އަގްދެއް ކުރެވޭއިރު ބިމުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ އެ ބިމުގެ މައްޗަށް ގާއިމު ކުރެވިފައިވާ ރަހުނެއް އޮތް ނަމަ އެ ބިން ވިއްކޭނީ ރަހުނުގެ މައްސަލަ ނިންމުމަށް ފަހުގައި ކަމަށް ބިލުގައިވެ އެވެ.
އޭގެ އިތުރުން ބިން ވިއްކުމުގެ އަގުދު ކުރެވޭއިރު، ބިން ވިއްކާ ފަރާތުގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ނެތް ނަމަ އެ ބިމުގެ މިލްކުވެރިކަން ގަންނަ ފަރާތަށް ބަދަލު ކޮށްދިނުމުގެ އެންމެހާ އިޖުރާއަތްތައް ކަމާ ބެހޭ ފަރާތްތަކުން ފުރިހަކޮށްދޭން ވާނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
ބިލް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވަނީ، އެކިއެކި މުއާމަލާތްތަކަށް އިސްކަން ދިނުމުގެ ގާނޫނީ އަސާސްއާ އެއްގޮތްވާ ގޮތުގެ މަތިން ބިން ރަހުނުކޮށް އެ ގޮތުން މަތިން ކަށަވަރުކޮށްދޭ މުއާމަލާތްތަކަށް ނުވަތަ ސެކުއާޑް ޑެބިޓްސް ރައްކާތެރިކަން ދިނުމުގެ އުސޫލު ގާއިމު ކުރުމެވެ.
ހަމަހަމަ ކަމާއެކު ބިމުގެ މައްޗަށް ރަހުނު ގާއިމު ކޮށްފައި ނުވާ އަދި އެ ގޮތުން ޑިއު ޑިލިަސްގެ ޒަރީއާއިން ތަން ގަނެވޭނެ މުއާމަލާތަކަށް ނުވާ ހާލަތުގައި ބިން ވިއްކާ ފަރާތާއެކު ހެޔޮ ނިޔަތުގައި މުއާމަލާތްކޮށް ބިން ގަންނަ ފަރާތްތަކަށް އެކަށޭނަ ގާނޫނީ ރައްކާތެރިކަން ދިނުމަކީ ވެސް ބިލް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ޖާބިރު ވިދާޅުވެފައިވެ އެވެ.