ދިޔާނާ ސައީދު

ދިޔާނާއަށް ޖެހުނީ ހަތަރުދަމު ބޮޑިތާން އަޅަން!

Feb 4, 2021
12

މިއަދު މަޖިލީހުގެ އިދާރާގެ ތެރެއިން ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ ބައެއް މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް އިންޒާރު ދެއްވައި އޭނާއަށް އަނިޔާ ކުރެއްވި ކަމަށް ބުނާ މައްސަލައެއް ފެންމަތި ކޮށްފި އެވެ.

ބައެއް ފަރާތްތަކުން އެ މައްސަލަ ފެންމަތިކޮށްފައި ވާއިރު އެއަށް ބާރު ލިބޭ ގޮތަށް ޖާބިރުގެ އަނބިކަނބަލުން އަދި ކުރިން މަޖިލީހުގައި ރައީސުލް ޖުމްހޫރިއްޔާގެ މެންބަރުކަން ކުރެއްވުމުގެ އިތުރުން ރާއްޖޭގެ ބަންޑާރަ ނައިބުކަން ކުރެއްވެވި ފާތުމަތު ދިޔާނާ ސައީދު ވެސް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

އޭނާ ވިދާޅުވީ ފިރިކަލުން، ޖާބިރު މިއަދު މަޖިލީހުން ގެއަށް ވަޑައިގެންނެވި އިރު ހަށިކޮޅުގައި ޒަހަމްތަކާއި ބައެއް އަނިޔާތައް ލިބި ތަން ދުޅަވެފައިވާ ކަމަށެވެ. މަޖިލީހުގެ އިދާރާގެ ތެރެއިން ބައެއް ބޭފުޅު ހަމަލާ ދެއްވީ ކަމަށް ފިރިކަލުން ވިދާޅުވާ ކަމަށެވެ. -- ދިޔާނާ ވެސް އަދި އެހެން އެއް ވެސް ބަޔަކު ވެސް އެއީ ކޮން މެންބަރުންނެއް، އަދި ކޮން ބަޔަކު ކަމެއް ނުބުނެ އެވެ.

"އަޅުގަނޑަކަށް ނޭނގޭ! އަޅުގަނޑު ނުދެކެން! އެކަމަކު އަޅުގަނޑަށް އެނގެނީ ޖާބިރުގެ ހަށިކޮޅުގައި ޒަހަމްތައް އެބަހުރިކަން، އަނިޔާވެ ދުޅަވެފައިވާކަން. ޖާބިރު އެބަ ވިދާޅުވޭ ބައެއް ބޭފުޅުންގެ ނަން ވިދާޅުވެފައި އެ ބޭފުޅުން އަނިޔާ ކުރެއްވީ ކަމަށް. އަދި އިސް ބޭފުޅަކު 'ހޭ އަރުވާލާނެ" ކަމަށް ވިދާޅުވެ އިންޒާރު ދެއްވި ކަމަށް. އެ ނަންތައް އަޅުގަނޑު ދަންވާކަށް ވެސް ނެތީން، ތިޔަ ބޭފުޅުން ޖާބިރު ކުރެން އައްސަވާ!" ދިޔާނާ ވިދާޅުވި އެވެ.

ދިޔަނާ ވިދާޅުވީ މަޖިލީހުގައި މިއަދު ޖާބިރު ވެސް ޗއަމަލު ކުރެއްވެވީ އެންމެ ރަނގަޅަށް ނޫން ކަމަށާއި އެކަމަކު ޖާބިރު އެކަން އެގޮތަށް ގެންދިއުމުން ކަން އޮންނަންވަނެ ގޮތަކީ ނަން އިއްވާފައި ބޭރު ކޮށްލުން ކަމަށެވެ. އޭގެ ބަދަލުގައި އަނިޔާ ކުރުމަކީ ބަލައިގެނެވޭނެ ކަމެއް ނޫން ކަމަށާއި މިއަދު ހިނގައި ގޮސްފައި ވަނީ ވަރަށް ހިތާމެވެރި ހާދިސާއެއް ކަމަށެވެ.

"މަޖިލީހުގައި ކަންކަން ހިނގާ ގޮތް އެންމެނަށް އެބައެނގޭ. އެކަމަކު އެފަދަ މަސްރަހު ހޫނު ތަނެއްގައި ގަޔަށް އަތްލައި ތަޅާފޮޅައިގެންފިއްޔާ ދެން ކަންކަން ހިނގާނެ ގޮތް ހިތްޕުޅަށް ގެންނަވާ... މި ގޮތަށް މިކަން ހިނގައިގެނެއް ނުވާނެ،" ދިޔާނާ ވިދާޅުވި އެވެ.

ދިޔާނާ ކުރެއްވި ޓްވީޓް

ދިޔާނާ އިންޓަވިއުއެއް އަވަސް އަށް ދެއްވެވި އިރު މިއަދު މަޖިލީހުން ގެއަށް ވަޑައިގެން ސޯފާއެއްގައި ޖާބިރު ގަމީސްކޮޅުގެ ގޮއްތައް ދޫކޮށްލައްވައިގެން އިންނަވާ ފޮޓޯއަކާއެކު ޓްވީޓެއް ވެސް ކުރައްވާފައި ވެއެވެ. އޭނާގެ އެ ޓްވީޓްގައި ވިދާޅުވީ "ނަން އިއްވައި ނެރުން ރަނގަޅު" ކަމަށެވެ. "ހޭ އަރުވާލާނަމޭ ބުނެ ކުދިން ކޮޅެއް ނެރެގެން ތެޅުން ރަނގަޅު ނޫން" ކަމަށެވެ. އަދި ވެސް ލިޔުއްވާފައި ވެއެވެ:

"މިއަދު މި ޖެހުނީ ހަތަރު ދަމު ބޮނޑިތާން އަޅަން އިންނަން!"

ދިނިޔާވެސް އެދި ވަޑައިގެންނެވި ގޮތަށް މި މައްސަލައާ ގުޅޭ ގޮތުން ޖާބިރުގެ ބަހެއް ލިބޭތޯ އަވަސް އިން ގުޅި އެވެ. ނަމަވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. އެކަމަކު މިއަދުގެ މަޖިލީޖުގެ ޖަލްސާ ނިމުނުތާ ކުޑައިރުކޮޅެއްގެ ތެރޭ އަވަސްގެ ނުސްވެރިޔަކު ޖާބިރުގެ އިހުތިޖާޖާ ބެހޭ ގޮތުން ސުވާލެއް ކުރުމުން ފޯނުން ކުރު އިންޓަވިއުއެއް ދެއްވި އވެ.

އެ އިންޓަވިއުގައި އޭނާ ވިދާޅުވީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި ދެއްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން ދެއްވި ޖަލްސާގައި އަޑު ގަދަ ކުރެއްވުމާއެކު އިހުތިޖާޖެއް ކުރެއްވީ ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް ރައީސް ސޯލިހު ވެރިކަން ނުކުރައްވާތީ އެކަން ފާޅު ކުރެއްވުމުގެ ގޮތުން ކަމަށެވެ.

އޭނާއަކީ އަމިއްލަ ގޮތުން މަޖިލީހަށް ވާދަ ކުރައްވައި މަޖިލީހަށް ހޮވިވަޑައިގަތް ބޭފުޅެއްކަން ފާހަގަ ކުރައްވައި ޖާބިރު ވިދާޅުވީ އެ މަޖިލީހުގައި ހިމެނި ވަޑައިގަންނަވާ ސަރުކާރަށް ނިސްބަތްވާ އެހެން މެމްބަރުން ފަދައިން އޭނާ ރައީސް ސޯލިހަށް ސަނާ ވިދާޅުވާން ޖެހިވަޑައި ނުގަންނަވާނެ ކަމަ ށެވެ.

"އަޅުގަނޑު މަޖިލީހަށް ހޮވީ މިނިވަން މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ އަޑު އިއްވަން. އެގޮތުގައި ސާބިތުވެ އަޅުގަނޑު މިހުރީ. ރައީސް [ސޯލިހު] އެހުންނެވީ ރައްޔިތުންގެ ފައިސާ ނަންގަވައިގެން ރައްޔިތުންނަށް ހަރާން ކޯރުވެފައި،"