ދިޔާނާ ސައީދު

"މާލޭގެ އިއްޒަތްތެރިން އެެއްބޭފުޅަކު އަނެއް ބޭފުޅަކަށް އިތުބާރު ކުރައްވާނެ"

ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު
0%
0%
0%

މާލޭގެ އިއްޒަތްތެރިން އެެއްބޭފުޅަކު އަނެއް ބޭފުޅަކަށް އިތުބާރު ކުރައްވާނެ ކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަ ނާއިބު ދިޔާނާ ސައީދު، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑު ވިދާޅުން އަމާޒު ކުރައްވައިފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ދިޔާނާގެ ފިރިކަލުން އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މާދަމާ މަޖިލީހަށް ހުށައަޅުއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އެއާއެކު ރައީސް ނަޝީދު ވަނީ މިނިސްޓަރު ޝާހިދަށް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދަށް ނުސީދާކޮށް ފާޑުވިދާޅުވަމުން ދިޔާނާ ވިދާޅުވީ ދެ ބޮނބިފަޅި މެދުގައި ކަތިވަޅިން މަރުގެ އެތިފަހަރެއް ޖެހި ނަމަވެސް މާލޭގެ އިއްޒަތްތެރިން އެެއްބޭފުޅަކު އަނެއް ބޭފުޅަކަށް އިތުބާރު ކުރައްވާނެ ކަމަށެވެ.

"އަދި ކޮބާ، އުކުޅަހުގައި ދެވަނަ އެތި ފަހަރު ޖެހީމަ ވެސް އިތުބާރު ބޮޑުވާނެ،" އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަންކަން ރަނގަޅަށް ފަހުމް ނުވެގެން އުޅެނީ ރަށްފުށުގެ މީހުންނަށް ކަމަށެބވެ.

ދިޔާނާ އެ ޓްވީޓް ކުރައްވާފައިވަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމާއި ގުޅިގެން ރައީސް ވަހީދު މަގާމުގެ ހުވާ ކުރެއްވި ދުވަހުގެ ފޮޓޯއަކާއެކުގަ އެވެ. އޭރު މަޖިލީހުގެ ރައީސަކަށް ހުންނެވީ މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ރައީސް ނަޝީދުގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިގަތުމާއިއެކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުމަށް ރައީސް ވަހީދަށް ދެންނެވީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަބްދުﷲ ޝާހިދެވެ.

ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅޭ ގޮތުން ދިޔާނާގެ ފިރިކަލުން ޖާބިރު ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ފެއިލްވެފައިވާ ކަމަށާ އެކަމުގެ ޒިންމާ ޝާހިދު ނަންގަވަން ޖެހި ވަޑައިގަންނަވާނެ ކަމަށެވެ. އަދި ގައުމުތަކާއެކު ހަމަހަމަ ގުޅުންތައް ގާއިމް ކުރުމުގައި ސަރުކާރު ފެއިލްވީ ޝާހިދުގެ ސަބަބުން ކަމަށް ވެސް ޖާބިރު ތުހުމަތު ކުރައްވަ އެވެ.

"ހުރިހާ މިޝަންތައް އެވަނީ ފެއިލްވެފައި. ވަކި ގައުމަކާއި ނޫނީ ގުޅުން ބަދަހި ކުރެވެނީއެއް ނޫން. ދެން ކޮން ކަމެއްތޯ ޝާހިދަށް މި ކުރެވެނީ. އެހެންވީމަ އެފަދަ މަގާމެއްގައި ބޭފުޅަކު ހުރެގެން ނުވާނެ،" އަވަސްއާ ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވި އެވެ.

އެކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ "ޝާހިދަށް ހަމަ ކަށަވަރުން ވެސް އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް" ކަމަށެވެ.

9 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345