ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އޭޑިކޭ ހޮސްޕިޓަލް

ފްރަންޓްލައިން 3000 މީހެއްގެ އެންޓިބޮޑީ ޓެސްޓު ކުރަނީ

ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން، 3000 މީހެއްގެ އެންޓިބޮޑީ ޓެސްޓު ކުރުމަށް އޭޑީކޭ އިން ނިންމައިފި އެވެ.

އޭޑީކޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް 19 އިން ރާއްޖެ ރައްކާ ކުރުމަށް ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުން ކޮވިޑަށް ހުށަހެޅިފައިވޭތޯ ބެލުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އެހެންކަމުން، ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުން ބައްޔަށް ހުށަހެޅިފައިވޭތޯ ބެލުމަށް، 3000 ޓެސްޓު ކުރަން ނިންމާފައިވާ ކަމަށެވެ.

އެންޓިބޮޑީ ޓެސްޓަކީ މީހަކަށް ކުރިން ބަލި ޖެހި، ރަނގަޅުވެފައި ވޭތޯ ދެނެގަތުމަށް ކުރާ ޓެސްޓެކެވެ.

ކޮވިޑް-19 އެންޓިބޮޑީ ޓެސްޓުތައް ކުރަނީ، އެމީހުންނާއި އެމީހުންގެ ގޭބީސީތަކުގެ މީހުންގެ އިތުރުން، ޑެލިވަރީގެ ހިދުމަތުގައި އުޅޭ މީހުންގެ އެެވެ. އޭޑީކޭ އިން ބުނީ މި ޓެސްޓުތައް ކުރާނީ ހިލޭ ކަމަށާއި މިއީ، ރޯޗް ކޯބާސް އެލެކްސިސް e411 އިމިއުނޯ އެނަލައިޒާ ބޭނުންކޮށްގެން ކުރާ ޓެސްޓެއް ކަމަށެވެ. އަދި، ތާވަލެއްގެ ދަށުން އަންނަ ހަފްތާގެ ތެރޭގައި މި ޓެސްޓުތައް ކުރަން ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭޑީކޭ އިން މައުލޫމާތު ދިނެވެ.

ކޮވިޑް-19ގެ އެކި ކަންކަމުގައި އެތައް ސަތޭކަ ބަޔަކު ދަނީ ފްރަންޓްލައިންގައި މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި، ސިއްހީ ދާއިރާއިން ކިޔަވަމުން އަންނަ ދަރިވަރުންވެސް ހިމެނެ އެވެ.