ވިޔަފާރި

ކްރޮސްރޯޑުގެ ރިސޯޓުތައް 15 ގައި ހުޅުވަނީ

Jul 10, 2020

އެނބޫދޫ ފަޅު ހިއްކައިގެން ހަދާފައިވާ، ކްރޮސް ރޯޑް މޯލްޑިވްސް މިމަހުގެ 15 ވަނަ ދުވަހު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ތައިލެންޑުގެ ސިންހަ ކުންފުނިން ތަރައްގީކުރި، ކްރޮސް ރޯޑް މޯލްޑިވްސް އިން ބުނި ގޮތުގައި ސިއްހީ ފިޔަވަޅުތަކާއެކު ހުޅުވާއިރު، ހާއްސަ އަގުތަކެއް ޓޫރިސްޓުންނަށް ހާއްސަ އަގުތަކެއް ލިބޭނެ ކަމަށެވެ.

އެނބޫދޫ ފަޅުން ހުޅުވާލާ ތަންތަނުގެ ތެރޭގައި ހިލްޓަން ކަލެކްޝަންގެ އާ ރިސޯޓްގެ ލެގޫން މޯލްޑިވްސް ހިމެނެ އެވެ. މިއީ ސައި ލެގޫން މޯލްޑިވްސް ހިންގާނީ ސިއުރިއޯ ކަލެކްޝަން ބައި ހިލްޓަން ބްރޭންޑުގަ އެވެ. ހިތްގައިމުކޮށް ފަރުމާކޮށްފައިވާ ސައި ލެގޫން މޯލްޑިވްސްގައި ޑިލަކްސް ކޮޓަރިތަކާއި ބީޗް ވިލާ އަދި މޫދު ވިލާ ހިމެނޭ ގޮތަށް 198 ކޮޓަރި ހުރެ އެވެ. މި ތަން ޑިޒައިން ކޮށްފައިވަނީ މަޝްހޫރު ޑިޒައިނަރު ބިލް ބެންސްލީ އެވެ.

މީގެ އިތުރުން ދެން ހުޅުވަނީ ހާޑް ރޮކް ހޮޓެލް އެވެ. އެނބޫދޫ ފަޅުގެ "މިއުޒިކީ ފުށީ" ގަ އެވެ.

ކްރޮސް ރޯޑް މޯލްޑިވްސްގެ ރިސޯޓުތައް ހުޅުވާއިރު "ސްޓޭ ތްރީ ޕޭ ޓޫ" ގެ ނަމުގައި ހާއްސަ އޮފާއެއް ވަނީ ފަށާފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސްޕީޑް ލޯންޗުގައި 10 މިނެޓުން ދެވޭ ރާސްތާގައި ތަރައްގީ ކޮށްފައިވާ އެނބޫދޫ ލެގޫން މަޝްރޫއު އެއްކޮށް ނިމޭއިރު، ޖުމްލަ 3،000 ކޮޓަރި ހުންނާނެ އެވެ.