ހަބަރު

އައިޖީއެމްއެޗުގެ ނަރުހުންގެ ޔުނީފޯމް އަނެއްކާ ބަދަލުކޮށްފި

Jul 12, 2020
3

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގެ ނަރުހުންގެ ޔުނީފޯމް އަނެއްކާ ވެސް ބަދަލު ކޮށްފި އެވެ.

އައިޖީއެމްއެޗުން އެ ހޮސްޕިޓަލުގެ ނަރުހުންނަށް ތައާރަފުކުރި "ސްކްރަބް" ހެދުން ނުވަތަ ޔުނީފޯމަށް މިއަދުން ފެށިގެން ބަދަލުވާނެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

އައިޖީއެމްއެޗުން އެންމެ ފަހުން ނަރުހުންގެ ޔުނީފޯމް ބަދަލުކޮށްފައި ވަނީ 2018 ވަނަ އަހަރުގެ މެއި މަހު އެވެ. އޭރު ބަދަލު ކުރީ ވިލު ނޫ ކުލައަކަށް ދާ ޔުނީފޯމަކަށެވެ. އޭގައި ހުދު ކުލަ އާއި ވިލު ނޫ ކުލައިގެ މާތަކެއް ހުރެ އެވެ.

އަލަށް ބޭނުންކުރާ ޔުނިފޯމު ވެސް ވިލު ނޫ ކުލަައިގައި ހުރި ނަމަވެސް، އޭގައި އެއްވެސް ޑިޒައިނެއް ނެތެވެ. އަދި ޔުނީފޯނުގެ ކުލަ ވެސް ވަނީ ކުޑަކޮށް މަޑުކޮށްފަ އެވެ.

ދެހާސް އަށާރައިގެ ކުރިން އެ ހޮސްޕިޓަލްގެ ނަރުހުންގެ ރަސްމީ ޔުނީފޯމެއްގެ ގޮތު ބޭނުން ކުރަމުން އައީ މަޑު ނޫކުލައިގެ ޕްލެއިން ޔުނީފޯމެކެވެ. އެއީ އެންމެ ކުރިން އެ ހޮސްޕިޓަލުން ބޭނުން ކުރަމުން އައި ހުދު ޔުނީފޯމް ބަދަލުކޮށް 2016 ވަނަ އަހަރު ތައާރަފުކުރި ޔުނީފޯމެކެވެ.