ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

އަމިތާބުގެ ދެބައިފެންގެ ވެސް ހާލު ރަނގަޅު

Jul 12, 2020
1

އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވްވި އިންޑިއާގެ ބޮލީވުޑްގެ ސުޕަ ސްޓާ، އަމީތާބް ބައްޗަން އަދި އޭނާގެ ދަރިފުޅު އަބީޝެކް ބަޗަންގެ ހާލު ރަނގަޅު ކަމަށް އެ ދެބަފައިންނަށް ފަރުވާދެމުންދާ ހޮސްޕިޓަލުން ބުނެފި އެވެ.

ހިންދީ ސިނަމާ ދުށް އެންމެ ކާމިޔާބު އެކްޓަރު އަމީތާބު އެ ބައްޔަށް ޕޮޒިޓިވްވި ހަބަރު ޓްވިޓާގައި ހިއްސާކުރުމާއެކު، އޭގެ ދެ ތިން މިނެއްޓު ފަހުން އަބީޝެކް ވެސް ވަނީ އޭނާ ޕޮޒިޓިވްވިކަމަށްވެސް ބުނެފަ އެވެ.

ދެބަފައިންގެ ކިބައިންވެސް ބަލީގެ އަލާމާތްތައް ވަރަށް ކުޑަކޮށް ހުރި ނަމަވެސް، މުމްބާއީގައި ހުންނަ ނާނަވަތީ ހޮސްޕިޓަލުގައި ވަނީ އެޑްމިޓުކޮށްފަ އެވެ.

އުމުރުން 77 އަހަރުގެ އަމީތާބު ވަނީ މިދިޔަ 10 ދުވަސްތެރޭ އޭނާއާ ބައްދަލުވި އެންމެން ކޮވިޑަށް ޓެސްޓް ކުރުމަށްވެސް އެދިފަ އެވެ. އަދި އެ ގެ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރެވެމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ހުއްޓިފައި އޮތުމަށްފަހު، ގިނަ ފިލްމުތަކުގެ ޝޫޓިންގް ވަނީ މިދިއަ މާޗު މަހުގެ ތެރޭގައި ފަށައިފަ އެވެ.

ނަމަވެސް، އުމުރުން 65 އަހަރުން މަތީގެ އެކްޓަރުން ސެޓުތަކަށް ދިއުން ވަނީ މަނާކޮށްފަ އެވެ.