ދުނިޔެ

ފަސް އަހަރުގެ ކުއްޖަކު ވަގަށް ނަގައި، ގުރުބާނެއްގެ ގޮތުގައި ކަތިލައިފި

Oct 3, 2015

މި ޖަރީމާގައި ކުޑަކުއްޖާ ވަގަށް ނަގައި އޭނާ މަރާލި މީހާ މިހާރު އޮތީ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފަ އެވެ. އެއީ އަންދުރަ ޕްރަދޭޝްގެ ޕޮއްކުރޫ އަވަށުގައި އޭނާ އުޅެނިކޮށް ބަޔަކު މީހުން ގޮސް އޭނާ އަށް ހަމަލާދީ ގައިގައި ރޯކޮށްލުމުން ވަރަށް ބޮޑަށް ފިހި އަނިޔާވެގެންނެވެ. ރާއޯ ނަމަކަށް ކިޔާ މި މީހާ ކުޑަކުއްޖާ ވަގަށް ގެންދިޔައީ މަގުމަތީގައި އެ ކުއްޖާ ކުޅެން އުޅެނިކޮށް ކަމަށް މަންޒަރު ދުށް އެހެން ކުއްޖަކު ބުނެފައިވެ އެވެ.

މައްސަލަ ހިނގި އަވަށުގެ ޕްރަކާސަމް ޑިސްޓްރިކްޓްގެ ފުލުހުން ބުނެފައި ވަނީ ރާއޯ އަކީ ނަފުސާނީ މައްސަލަތަކެއް ކުރިމަތިވެފައިވާ މީހެއް ކަމަށް އާންމުން ބުނާ ކަމަށާއި އޭނާ އަށް މިފަދަ މައްސަލަތަކެއް ދިމާވެފައި ވަނީ އޭނާގެ އަންހެނުން އޭނާ ދޫކޮށް ދިޔަ ހިސާބުން ފެށިގެން ކަމަށެވެ.

ރާއޯ އަށް އަނިޔާކޮށް އޭނާގެ ގައިގައި ރޯކޮށްލި މައްސަލަ ވެސް ފުލުހުން ދަނީ ބަލަމުންނެވެ.

އިންޑިއާގެ ފަގީރު އަވަށްތަކުގައި މިގޮތަށް ކުޑަކުދިން "ގުރުބާން" ކުރުމަކީ ވަރަށް އާންމު ކަމެކެވެ. އެމީހުން މިކަން އާންމުކޮށް ކުރަނީ ދިރިއުޅުމުގެ އުފާ ފާގަތިކަމަށް އެދިގެންނެވެ.