ވިޔަފާރި

ދުސިތު ތާނީ މޯލްޑިވްސް ހުޅުވުން އަންނަ މަހު އެކެއްގައި

Jul 14, 2020

ކޮވިޑް-19 އަށް ފަހު ދުސިތު ތާނީ މޯލްޑިވްސް ހުޅުވާނީ އަންނަ މަހުގެ އެއްވަނަ ދުވަހު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ބ. މުއްދޫގައި ހިންގާ، ދުސިތާނީ މޯލްޑިވްސް އިން ބުނި ގޮތުގައި އަލުން ހުޅުވާއިރު ގިނަ ބަދަލުތަކެއް ގެނެސްފައިވެ އެވެ. މިގޮތުން ހިލޭ ބުއިންތަކާއި ލުއި ކާނާގެ ބާވަތްތައް ލިބުމުގެ އިތުރުން އައުޓް ޑޯ ޖިމް ފެސިލިޓީ އާއި މޮބައިލް ޕޭމަންޓް ފެސިލީޓީތައް ގާއިމް ކުރުން ހިމެނ އެވެ. މީގެ އިތުރުން މިހާރުގެ ހާލަތަށް ހާއްސަކޮށް، އަގު ހެޔޮ ޕެކޭޖުތަކެއް ވެސް ތައާރަފު ކޮށްފައިވެ އެވެ.

ދުސިތު ތާނީ އިންޓަނޭޝަނަލް އިން ދާދި ފަހުން ވަނީ ނިއުނޯމަލްގައި ރިސޯޓުތައް ހުޅުވެންވާއިރަށް އެކުލަވާލާފައިވާ ހާއްސަ އުސޫލުތަކެއް ތައާރަފު ކޮށްފަ އެވެ.

ތައިލެންޑުގެ އެންމެ ބޮޑު ހޮޓެލް ގްރޫޕު ކަމަށްވާ ދުސިތު ތާނީން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ހުރިހާ ޕްރޮޕަޓީތަކަކުން ހިދުމަތް ހޯދާ މީހުންނަށް ސޯޝަލް ޑިސްޓެންސިން އާއި ރައްކާތެރިކަމުގެ މިންގަނޑުތައް ޔަގީން ކުރާނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދުސިތު ތާނީ ގްރޫޕުން އެކުލަވާލާފައިވާ "ދުސިތު ކެއާ- ސްޓޭ ވިތް ކޮންފިޑެންސް" ގައި ހާއްސަ ފަސް ކަމެއް ހިމެނެ އެވެ.