ހަބަރު

ކުއްޖަކަށް އަނިޔާކޮށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް

މާލޭގައި ކުޑަ ކުއްޖަކަށް އަނިޔާކޮށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާކޮށް ބިރު ދައްކާ ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ރޭ ފަތިހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅި ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

ފަހަކަށް އައިސް ޖިންސީ ފުރައްސާރައިގެ މައްސަލަތައް ގިނަ ވެފައިވާއިރު ރޭޕް އާއި ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް ވެސް ފުލުހުން ވަނީ ބަލަން ފަށައިފަ އެވެ.