ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އާސަންދަ އޮފީހުގެ މުވައްޒަފަކު ޕޮޒިޓިވްވެއްޖެ

Jul 14, 2020
3

އާސަންދަ އޮފީހުގެ މުވައްޒިފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ޕޮޒިޓިވް ވެފައި ވަނީ އެ އޮފީހުގެ ޑްރައިވަރެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ އިއްޔެ އެވެ. އޭނާ ހުރީ ގޭގެ ކަރަންޓީނުގަ އެވެ. އެ މީހާ ޕޮޒިޓިވްވެފައިވާއިރު އެ އޮފީހަކީ އެކި ހިދުމަތްތައް ހޯދުމަށް ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ދާންޖެހޭ އޮފީހެކެވެ.

އެކަމާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

ލޮކްޑައުންއަށް ލުއި ދިންފަހުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ ގިނަވަމުންނެވެ. އެގޮތުން މިދިޔަ ހަތަރު ދުވަހަކީ ރެކޯޑް އަދަދަކަށް ކޮވިޑްގެ ބަލި މީހުން ފެނުނު ދުވަސްތަކެކެވެ.

އެކަމާ ކަންބޮޑުވުން ފާޅުކޮށް އެޗްޕީއޭއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ އެ މީހުން ކޮންޓެކްޓްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައި ވަނީ ހަފުލާތަކާއި ޕާޓީތަކާއި ޖަލްސާތަކާއި އެއްވުންތައް ބާއްވަމުންދާތީ ކަމަށެވެ.

ލޮކްޑައުންއަށް ލުއި ދިނުމާއެކު އެއްވުންތަކާއި މުޒާހާރާތައް އަދި ޖަލްސާތައް ވަނީ ބާއްވަން ފަށާފައެވެ. އަދި އެކި ބައްދަލްވުންތައް ވެސް ދަނީ ބާއްވަމުންނެވެ.