ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ގްރޭންޑް ޕާކް ކޮއްދިއްޕަރުން ފުރަތަމަ ޓޫރިސްޓަށް މަރުހަބާ ކިޔައިފި

Jul 16, 2020

ގްރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓުން ފުރަތަމަ ޓޫރިސްޓަށް މަރުހަބާ ކިޔައިފި އެވެ.

ކޮއްދިއްޕަރު ރިސޯޓުން ބުނި ގޮތުގައި ބޯޑަރު ހުޅުވައި ފުރަތަމަ ރާއްޖެއަށް އިއްޔެ ޖެއްސި ގަތަރު އެއާވޭސްގެ ފްލައިޓުގައި އެ ރިސޯޓަށް އަންނަ ފުރަތަމަ ޓޫރިސްޓު އައިސްފައިވާ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އިން ފުރައިގެން 10 މިނެޓުން ސްޕީޑް ލޯންޗުގައި ދެވޭ ހިސާބުގައި ތަރައްގީކޮށްފައިވާ ގްރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓަށް އިއްޔެ ހަތަރު ޓޫރިސްޓުން އައިސްފައިވެ އެވެ.

މަޝްހޫރު ފަރުމާ ކުރުންތެރިޔާ ހެރިޗް ބްރެންޑާ އެސޯސިއޭޓްސް އިން ފަރުމާކުރި މި ރިސޯޓުގައި 120 ވިލާ ހުރެެ އެވެ. ކޮވިޑް-19 އަށްފަހު އަލުން ރާއްޖެ ހުޅުވުމާލުމާއެކު ކޮއްދިއްޕަރު ރިސޯޓަށް ޓޫރިސްޓުން ގެންނަން ފަށާފައިވަނީ ހާއްސަ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގަ އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވައި އިއްޔެ އައި ފްލައިޓުން 104 ޓޫރިސްޓެއް އައިސްފައިވެ އެވެ. ދިރާސާއިން ދެއްކި ގޮތުގައި މިމަހު 10،000 މީހުން ރާއްޖެ އަންނާނެ އެވެ.